Advertisement
ކ. މާލެ
|
1 މެއި 2019 | ބުދަ 22:07
ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު
ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު
ރާއްޖެ އެމްވީ
އެންމެ ކުޑަ އުޖޫރަ
އެންމެ ކުޑަ އުޖޫރަ އަކަށް މަދުވެގެން 9000 ރުފިޔާ ކަނޑައެޅެން ވާނެ – ނިހާން
ދުވާލާކަށް 300 ރުފިޔާ އަކީ އެންމެ ރަނގަޅު އަދަދެއް
މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު މިއަދު ރައީސް އުފެއްދެވި

އެންމެ ކުޑަ އުޖޫރައަކަށް މަދުވެގެން 9000 ރުފިޔާ ކަނޑައެޅެން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާނު ބުދަ ދުވަހު ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައެއް ކަމުގަ މަދުވެގެން 9000 ރުފިޔާ ކަނޑައެޅެންވާނެ ކަމަށެވެ.

މިއަދު ދިވެހިންގެ ބޮލަކަށް ޕާ ކެޕިޓާ 9000 ޑޮލަރު ޖެހޭ ކަމަށާއި އެހެންކަމުން ދުވާލަކަށް 300 ރުފިޔާ އަކީ އެންމެ ރަނގަޅު އަދަދެއް ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން މިގޮތަށް ވިދާޅުވެފައި ވާއިރު ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްތައް ކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި އުފައްދާފައިވާ "މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ އަލުން އެކުލަވައި ލައްވާފައެވެ.

އެ ބޯޑަށް ރައީސް އައްޔަނު ކުރެއްވި ބޭފުޅުންނަކީ މަރިޔަމް ޚާލިދާ ގ. ސިލްވަރުގެ، އިބްރާހީމް ނޫރައްދީން މއ. މާންދޫގެ، މުޙައްމަދު ޢަލީ ޖަނާޙް ހ. ސީސައިޑް، ޢަލީ އާދަމް، ޗާނދަނީގެ ހއ. ހޯރަފުށި، މަޢުރޫފް ޛާކިރު، ދާއިރާ ބ. ކެންދޫ އެވެ.

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް