ކ. މާލެ
|
1 މެއި 2019 | ބުދަ 19:23
ބާސެލޯނާއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ލަޔަނަލް މެސީ
ބާސެލޯނާއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ލަޔަނަލް މެސީ
ޓްވިޓަރ
ޔޫއެފާ ޗެމްޕިއަންސް ލީގު
ބާސެލޯނާއާއި ލިވަޕޫލްގެ ވަރުގަދަ ކުރިމަތިލުން މިރޭ!
 
މެޗު ކުޅޭނީ ބާސެލޯނާގެ ކޭމްޕް ނޫގައި

ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކްލަބުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިންއަށް ނިސްބަތްވާ ބާސެލޯނާއާއި އިނގިރޭސި ކްލަބެއް ކަމުގައިވާ ލިވަރޕޫލް، ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި އެ ދެ ޓީމު ކުޅޭ ފުރަތަމަ މެޗަށް ދެ ޓީމުން ވެސް ވަރުގަދައަށް ތައްޔާރުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ބާސެލޯނާގެ ކޭމްޕް ނޫ ދަނޑުގައި ކުޅޭ މެޗަށް ދެ ޓީމުުން ވެސް ތައްޔާރުވެފައިވާ އިރު، މިއީ މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ވެސް ކުޅޭނެ އެންމެ ފޯރިގަދަ މެޗަށް ވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މި ދެ ޓީމަކީ ވެސް ވަރުގަދަ ފޯވާޑުންތަކެއް އެކުލެވޭ، އެޓޭކިންގ ކުޅުމެއް އަންނަ ދެ ޓީމު ކަމަށް ވުމުން ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

މިރޭގެ މެޗަށް ނިކުންނަ އިރު ދެ ޓީމަށް ވެސް އަނިޔާގެ މާ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި ނުވާއިރު، މި މެޗަށް ދެ ޓީމުގެ އެންމެ ވަރުގަދަ ފުރަތަމަ އެގާރަ ނިކުންނާނެ ކަމަށް ވަނީ ބެލެވިފައެވެ. ދެ ޓީމުގެ ފޯމަށް ބަލާއިރު އެންމެ ފަހުން ކުޅުނު ފަސް މެޗުން ލިވަރޕޫލް މޮޅުވެފައިވާ އިރު، ބާސެލޯނާ ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް، އެއް މެޗް އެއްވަރު ކޮށްފައެވެ. 

ލިވަރޕޫލްގެ ވަރުގަދަ ފޯވާޑް ލައިނަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހުއާއި ސެނެގާލްގެ ސަދިއޯ މާނޭ ވަރަށް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިރު، މި ފަހުން ކުޅުނު ގިނަ މެޗުތަކުގައި މި ދެ ކުޅުންތެރިން ވަނީ ލަނޑު ކާމިޔާބު ކޮށްފައެވެ. ބާސެލޯނާއަށް ބަލާއިރު، އެ ޓީމުން މި އަހަރުގެ ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައިވާ އިރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލަޔަނެލް މެސީ ވެސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް