ކ. މާލެ
|
1 މެއި 2019 | ބުދަ 18:26
ސްކޫޓް: ސިންގަޕޯގެ ބަޖެޓް އެއަރލައިން
ސްކޫޓް: ސިންގަޕޯގެ ބަޖެޓް އެއަރލައިން
ގޫގުލް
ސްކޫޓް އެއަރލައިން
ސްކޫޓް، ރާއްޖެއަށް އުދުހުން ހުއްޓާލަނީ!
ހަތަރު މަންޒިލަކަށް ކުރާ ދަތުރު ހުއްޓާލަނީ

ސްކޫޓުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާލަން ނިންމައިފިއެވެ.

އެގޮތުން ރާއްޖެ ހިމެނޭ ގޮތަށް ހަތަރު ސަރަހައްދަކަށް ސްކޫޓުގެ ދަތުރުތައް ހުއްޓާލަން ނިންމާލާފައިވަނީ ޑިމާންޓް ދަށްވުމުން ކަމަށް ޙަބަރުތައް ބުނެއެވެ.

އެގޮތުން އިންޑިޔާގެ ލަކްނޯ، ފިލިޕީންސް، ސައުތް އީސްޓް ޗައިނާ އަދި ރާއްޖެ ހިމެނެއެވެ.  

ސްކޫޓުން ލަކްނޯ، ފިލިޕީންސް، ސައުތް އީސްޓް ޗައިނާއަށް ހަފްތާއަކު 3 ދަތުރުކުރަމުން އަންނައިރު، ރާއްޖެއަށް ހަފްތާއަކު 4 ދަތުރު ކުރެއެވެ.

ލަކްނޯއަށް ކުރާ އެންމެ ފަހު ދަތުރު ޖޫން މަހުގެ 29 ވަނަ ދުވަހު ކުރަން ނިންމާފައިވާއިރު ރާއްޖެއަށް ކުރާ ފަހު ދަތުރު ޝެޑިއުލް ކޮށްފައިވަނީ އޮކްޓޯބަރ 25، 2019އެވެ.

މި މަންޒިލްތަކަށް ފަހު ފްލައިޓް ބާއްވަން ތާވަލް ކޮށްފައިވާ ދުވަހުގެ ފަހުން ބުކިން ހަދާފައިވާ ފަރާތްތަކުން، ފްލައިޓްތައް ހުއްޓާލަން ޝެޑިއުލްކޮށްފައިވާ ތާރީޙުގެ ކުރިން ދަތުރު ކުރުމަށް ނުވަތަ އެހެން އެއަރލައިންއަކަށް ބަދަލު ކުރުމަށް އެދިފައިވާނެ ކަމަށް ސްކޫޓުން ވަނީ ބުނެފައެވެ.

އަދި ރީފަންޑް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ދުރާލާ ހުށަހަޅަމުން ގެންދިއުމަށް ސްކޫޓުން ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.

ސްކޫޓު އެއަރލައިންއަކީ ސިންގަޕޯރ އެއަރލައިންގެ ދަށުން ހިންގަމުންގެންދާ ބަޖެޓް އެއަރލައިންއެކެވެ. އެގޮތުން 2012 ވަނަ އަހަރު ތަޢާރަފްކުރި ލޯ ކޯސްޓް ބަޖެޓް އެއަރލައިން ސްކޫޓުގެ ދަތުރުތައް މައިގަނޑު ގޮތެއްގައި ޝެޑިއުލްކޮށްފައިވަނީ ޗައިނާ އަދި އިންޑިޔާގެ މަންޒިލްތަކަށެވެ.

ބޮއިން 777ގެ ފްލީޓަކާއި އެކު ދަތުރުތައް ކުރަމުންގެންދިޔަ ސްކޫޓުގެ ފްލީޓަށް 2015 ވަނަ އަހަރުން ފެށިގެން ވަނީ ބޮއިންގ 787 މަރުކާގެ އެއަރކްރާފްޓްތައްވެސް އިތުރުކޮށްފައެވެ.

އަދި 2017 ވަނަ އަހަރު ޓައިގަރ އެއަރގެ އޭއޯސީ ސެޓްފިކެޓާއި އެކު ސްކޫޓުވަނީ ޓައިގަރއެއަރ އެކު މަސައްކަތް ކުރަން ފަށާފައެވެ.

- ކޮމެންޓް