Advertisement
ކ. މާލެ
|
1 މެއި 2019 | ބުދަ 17:54
ޕީއެންސީގެ އިސް ފަރާތްތައް
ޕީއެންސީގެ އިސް ފަރާތްތައް
ވަގުތު.އެމްވީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)
ގާނޫނީ އިމުގެ ތެރެއިން އެންމެންނާއި ދޭތެރެ އަމަލު ކުރުމަށް ޕީއެންސީން ސަރުކާރަށް ގޮވާލައިފި
ޕީއެންސީން ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމުގެ ޒިއްމާ އަދާކުރާނަން
ސަރުކާރުގެ ވައުދާއި އެއްގޮތަށް ވޭތިވެދިޔަ ފަސްމަސް ދުވަހުގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރޭ

ވަޒީފާ އަދާކުރާ ފާރަތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ހަމަހަމަކަމާއި، އިންސާފުން ގާނޫނީ ތަރަހައިގެ ތެރެއިން އެންމެންނާއި ދޭތެރެ އަމަލު ކުރުމަށް ޕީޕަލް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ސަރުކާރަށް ގޮވާލައިފިއެވެ .

މިކަމަށް ޕީއެންސީން ގޮވާލާފައި ވަނީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެޕާޓީން ނެރެފައިވާ ބަޔާނެއްގައެވެ. ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އާބާދީ އިތުރު ވަމުންދާ ނިސްބަތާއި އެއްވަރަށް ވަޒީފާ އިތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވީހިނދު ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތައް ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށް ވޭތިވެދިޔަ ފަސްމަސް ދުވަހުގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ.

އަދި ވަޒީފާ ނެތް މީހުން އިތުރު ވުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބިކަވެ، މުޖުތަމަޢުގައި އުފެދޭ މައްސަލަތައް އިތުރުވެ، ރައްޔިތުންނަށް އޭގެ ހިތްދަތިކަމާއި، ނުތަނަވަސް ކަމާއި ކުރިމަތި ލާންޖެހުމަކީ މިއަދުގެ ހާލަތުގައި ބަލައި ގަނެވޭނެ ކަމެންނޫކަމަށް އެޕާޓީގެ ބަޔާނުގައި ފާހަގަ ކޮށްފައިވާއިރު ކުރިއަށް އޮތް 19 ވަނަ މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވީހާވެސް އަވަހަކަށް މިފަދަ ކަންކަން ހައްލު ކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ ޔާމީންގެ ވެރިކަމުގައި ރެކޯޑް އަދަދަކަށް ވަޒީފާގެ ފުރުސަތުތަށް އިތުރުކުރެވިފައިވާ ކަމަށާއި ރާއްޖޭގައި މަސައްކަތްތެރިން އުފެއްދުމަށް ވެސް ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެމަނިކުފާނު ކޮށްދެއްވާފައި ވާކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް