ކ. މާލެ
|
1 މެއި 2019 | ބުދަ 17:37
ކާތިކް އާރްޔަން އާއި ސާރާ އަލީ ޚާން
ކާތިކް އާރްޔަން އާއި ސާރާ އަލީ ޚާން
ޓައިމްސް އޮފް އިންޑިއާ
ބޮލީވުޑް
ސާރާ އާއި ކާތިކްގެ އޮންނަނީ ކޮން ގުޅުމެއް؟
 ކާތިކް އާއި ސާރާ މިވަގުތު ދަނީ  އިމްތިއާޒް އަލީ ގެ ފިލްމް "ލަވް އާޖްކަލް 2 " ގެ ޝޫޓިންތައް ކުރިއަށް ގެންދަމުން

އެކްޓަރ ކާތިކް އާރްޔަން ވަނީ ސާރާ އަލީ ޚާންގޭ ގޭދޮށުން ޕަޕަރާޒީންނަށް ފެނިގެން ގޮސްފައެވެ.

ސާރާގެ ގޭގެ ބޭރުން ކާރުގައި ބުދަ ދުވަހު ކާތިކް ފެނިގެން ގޮސްފައިވަނީ ކަޅުކުލައިގެ ހޫޑީ އެއްގައެވެ. ބޮލުގައި ތޮފި އަޅާފައި އޮތް އިރު ތޮފިން ޕަޕަރާޒީންނަށް މޫނު ފޮރުވާމަންޒަރު ފެނިގެން ދެއެވެ.

"ކޮފީ ވިތް ކަރަން" ޝޯގައި ސާރާ ވަނީ ކާތިކް އަކީ އޭނާގެ ކްރަޝްއެއް ކަމަށް ބުނެފައެވެ. އަދި ކާތިކް އާއި އެކު ޑޭޓަކަށް ދާން ބޭނުން ވާކަމަށް ސާރާ ވަނީ ބުނެފައެވެ.

 ކާތިކް އާއި ސާރާ މިވަގުތު ދަނީ  އިމްތިއާޒް އަލީ ގެ ފިލްމް "ލަވް އާޖްކަލް 2 " ގެ ޝޫޓިންތައް ކުރިއަށް ގެންދަމުންނެވެ.

މި ފިލްމަކީ ސާރާގެ ބައްޕަ ސައިފް އަލި ޚާން އާއި ދިޕިކާ ޕަދުކޯން ކުޅެފައިވާ ފިލްމް "ލަވް އާޖްކަލް" ގެ ސީކުއެލް އެކެވެ.

 "ލަވް އާޖްކަލް 2" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް