ކ. މާލެ
|
1 މެއި 2019 | ބުދަ 16:35
ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް ގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަނީ، އަރިހުގައި ޕާޕާ
ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް ގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަނީ، އަރިހުގައި ޕާޕާ
ޓްވިޓަރ
ބޮޑީ ބިލްޑިން
އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަނީ
 
ގައުމީ ޓީމަށް ޖިމެއް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް މަހުލޫފް ވިދާޅުވި
 
ޕާޕާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

 އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނެޝަނަލް ބޮޑީ ބިލްޑިން ޖަޖިން ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، ހުރިހާ ކުޅިވަރެއް ކުރިއެރުވުމަށް ރައީސް ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

ހަމަ އެއާއިއެކު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ގައި ރާއްޖެއިން އޭޝިއަން ބޮޑީ ބިލްޑިން ގޭމްސް ނުވަތަ ސައުތު އޭޝިއަން ގޭމްސް އަށް ބިޑު ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިސިކްސް ސްޕޯޓްސް ފެޑެރޭޝަންގެ ރައީސް ޕައުލް ޗުއާ ( ޕާޕާ) އާ އެކަމާއި ބެހޭ ގޮތުން ކުރިން މަޝްވަރާ ކޮށްފައިވާ ކަމަށާއި، ޕާޕާގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

 

ބޮޑީ ބިލްޑިންގެ ދާއިރާގައި 50 އަހަރަށް ވުރެ ގިނަ އަހަރު ހޭދަކޮށްފައިވާ ޕާޕާ ވިދާޅުވީ، ރާއްޖޭގައި އެ މުބާރާތް ބޭއްވުމަށް އޭނާގެ ފަރާތުން 80 ޕަސެންޓް ސަޕޯޓް ލިބޭނެ ކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ޔޫތް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

 އެތްލީޓުން ތަމްރީނު ކުރަން މީގެ ކުރިން ރާއްޖެ އަށް އެތައް ފަހަރަކު ޒިޔާރަތް ކޮށްފައިވާ ޕާޕާ ވިދާޅުވީ، ކުރިޔާ އަޅާބަލާއިރު ރާއްޖޭގެ އެތްލީޓުންގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ވެފައިވާ ކަމަށެވެ. އަދި އޭޝިއާގެ ކުޅިވަރު މުބާރާތްތަކުން ރާއްޖެއަށް ރަން މެޑަލް ލިބުމަކީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

ނެޝަނަލް ބޮޑީ ބިލްޑިން ޖަޖިން ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ތެރެއިން. ފޮޓޯ: ޓްވިޓަރ

 

ދެހާސް ސަތާރަ ވަނަ އަހަރު ދެކުނު ކޮރެޔާގެ ސޯލްގައި ބޭއްވި އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގައި ޝާހިން އިބްރާހިމް (ޝާންޓޭ) ވަނީ ފުރަތަމަ ފަހަރަށް އޭޝިއާގެ މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދީފައެވެ.

ސްޓެލްކޯ ގައި ބޭއްވި އެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު ވިދާޅުވީ، ބޮޑީ ބިލްޑިންގ އަކީ ވެސް އެހެން ކުޅިވަރުތައް ފަދައިން ސަރުކާރުން އިސްކަންދޭ ކުޅިވަރެއް ކަމަށާއި، އެ އެސޯސިއޭޝަންގެ ބަޖެޓް ވެސް ބޮޑު ކޮށްދީފައިވާނެ ކަމަށެވެ.

 ގައުމީ ޓީމަށް ވަކި ޖިމެއް ނެތްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ޖިމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ބިމުގެ ދަތިކަން ދިމާވާ ކަމަށް ވިދާޅުވިއެވެ.  

''އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން މިހާރު ވެސް. ރަނގަޅު ބިމެއް އަތުޖެހޭ ފަހަރެއްގައި އިރާދަ ކުރެއްވިއްޔާ އެކަން ވެސް ހަމަޖައްސައިދޭނަން. ބިމުގެ ތާށިކަން އުޅޭތީ ހަގީގަތުގައި އެކަންކަން ނުވެގެން މި ދަނީ. '' އޭނާ ވިދާޅުވިއެވެ.

އަދި ކުރިޔަށް އޮތްތާގައި ވެސް ބޮޑީ ބިލްޑިން ފެޑެރޭޝަނަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
3 މެއި 2019 | ހުކުރު 20:33
މިހައްމަދު މަނިކް
މިކަންއެންމެ ރަނގަޅައްކޮށްފައިވަނީ ވަހީދުއްދީން އަދި ކެސްޓޯ ހިންގިއިރު މިހާރުމިތިބަމީހުނަކައް މިކަންކުރާކައް ނޭންގޭ ކުޅީވަރުަގއި އުޅޭކުދިްނގެ މެދުގައި ތަފާތުކުރުން އަދި މިކުޅިވަރުތަރައްގީކުރާކަށް މަސައްކަތެއް ނުކުރވޭ ނޭންގެނީ ކަމަށްވެސްވެދާނެ