Advertisement
ކ. މާލެ
|
1 މެއި 2019 | ބުދަ 10:27
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ސިމާހާ ނަސީމް
ފޮރިން މިނިސްޓަރ ޝާހިދު
ކުރާ މަސައްކަތްތަކަށް އެކަށީގެންވާ އުޖޫރައެއް ލިބޭނެކަމުގެ ޔަގީން ކަން ދެން: ޝާހިދު
މިއަދަކީ ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަސް

މަސައްކަތް ތެރިން ކުރާ މަސައްކަތްތަކަށް އެކަށީގެންވާ އުޖޫރައެއް މި ސަރުކާރުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތް ތެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ މަސައްކަތް ކުރާ އެންމެހާ އަންހެނުންނާއި ފިރިހެނުންނަށް ދަންނަވާ ކަމަށެވެ. އަދި ސަރުކާރުން ރާއްޖޭގެ އިސްތިސާދު ކުރިއެރުވުމުގަ އާއި މުޖުތަމައުއަށް ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި މަސައްކަތްތެރިންގެ ހައްގުތައް މިސަރުކާރުން ހިމާޔަތް ކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރަ މިސަރުކާރުން ދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

 

މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް ބުދަ ދުވަހު ސަރުކާރުން ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ރައީސް އިބްރާހީމް ސޯލިހަށް ލަފާ އަރުވާނެ ބޯޑެއް އުފައްދާފައެވެ. 

މިސަރުކާރުން ވަނީ މަސައްކަތްތެރިންނަށް ނުވަތަ ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށް އެމްޑީޕީން އެކުލަވާލި އެޖެންޑާ 19 ގައި ހިމަނާފައެވެ. އޭގައި ވާގޮތުން އުޖޫރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ އަދަދު ދާއިމީ ވަޒީފާ އާއި ވަގުތީ ވަޒީފާ އަދާކުރާ މުއައްޒަފުންނަށް ދެވޭނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް