Advertisement
ކ. މާލެ
|
1 މެއި 2019 | ބުދަ 07:50
ހޯމް މިނިސްޓަރ ކައުންސިލްތަކާއި ބައްދަލު ކުރައްވަނީ
ހޯމް މިނިސްޓަރ ކައުންސިލްތަކާއި ބައްދަލު ކުރައްވަނީ
ޕޮލިސް
ފުލުހުން
ހޯމް މިނިސްޓަރ އަދި ސީޕީ ހަމީދު ގދ. އަތޮޅުގެ ބައެއް ކައުންސިލްތަކާ ބައްދަލުކުރައްވައިފި
މަޑަވެއްޔާއި ހޯނޑެއްދޫގައި ފުލުހުންގެ ހިދުމަތް ތައާރަފްކުރުމަށް މަޝްވަރާކުރެއްވި

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު އަތޮޅު ކައުންސިލާ ތިނަދޫ ކައުންސިލާއި މަޑަވެލި ކައުންސިލާއި އަދި ހޯޑެއްދޫ ކައުންސިލާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހު ގދ. އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ކައުންސިލްތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވައި ކައުންސިލްތަކާއި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި މަސައްކަތުގައި ދެ ފަރާތަށް ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ކުށް މަދު ކުރުމަށް ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން މަޑަވެލީ ކައުންސިލާއި ހޯޑެއްދޫ ކައުންސިލާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، އެދެރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމާ ގުޅޭ ގޮތުންނާއި ރަށުތެރޭގައި ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އާއި ފުލުހުންގެ އެކްޒެކެޓިވް ބައެއް އޮފިސަރުންނާއި ގދ. އަތޮޅު ކައުންސިލް މެންބަރުންނާއި ގދ. ތިނަދޫ ކައުންސިލް މެންބަރުންގެ އިތުރުން މަޑަވެއްޔާއި ހޯޑެއްދޫ ކައުންސިލް މެންބަރުން ބައިވެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް