Advertisement
ކ. މާލެ
|
1 މެއި 2019 | ބުދަ 07:57
ދަރިވަރުންތަކެއްގެ ގްރެޖުއޭޝަން ހަފްލާގެ ތެރެއިން
ދަރިވަރުންތަކެއްގެ ގްރެޖުއޭޝަން ހަފްލާގެ ތެރެއިން
އަޝްވާ ފަހީމް
ހަޔަރ އެިއުކޭޝަން
ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 4 އަށް އިތުރު ކޮށްފި
242 ފަރާތަކަށް ލޯނު ދޫކުރާނެ

ދަރިވަރުންގެ ލޯނަށް ހުށަހެޅުމުގެ މުއްދަތު އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިތުރުކޮށްފިއެވެ.

އެމިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 9 އިން ފެށިގެން އެންސީއައިޓީގެ ސަރވާއަށް މައްސަލައެއް ދިމާވެފައި ވާތީ އާއި އެ މައްސަލަ ހައްްލުކުރުމަށަ 24 ގަޑިއިރު ނަގާނެ ކަމަށް އެ ފަރާތުން އަންގާފައި ވާތީ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މެއި ހަތަރު ވަނަ ދުވަހުގެ މެންދުރު 1:30 އަށް އެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހަޔަރ އެޑިއުކޭޝަނުން ކުރިން ދީފައި އޮތީ އަންގާރަ ދުވަހުގެ މެންދުރު 1:30 އަށް ދީފައެެވެ.

އަލަށް ކިޔަވަން ފަށާ 158 ދަރިވަރުންނާއި މިހާރު ކިޔަވަމުން ގެންދާ 84 ދަރިވަރަކަށް މިފަހަރު ލޯނު ދޫކުރާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. ޖުމްލަ 242 ދަރިވަރަކަށް ލޯނު ދޫކުރަން އެމިނިސްޓްރީން ނިންމާފައިވާއިރު 54 މިލިއަން ރުފިޔާ އެ ލޯނުތަކަށް އަރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް