Advertisement
ކ. މާލެ
|
1 މެއި 2019 | ބުދަ 07:47
ކަސްޓަމާ ފުލުހުން ގުޅިގެން ވަނީ 1.144 ކިލޯ ގުރާމްގެ މަސްތުވާތަކެތި އަތުލައިގެންފައި
ކަސްޓަމާ ފުލުހުން ގުޅިގެން ވަނީ 1.144 ކިލޯ ގުރާމްގެ މަސްތުވާތަކެތި އަތުލައިގެންފައި
މުހައްމަދު ޝަރުހާން
ކޮކެއިން އަތުލައިގަތުން
ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ހެރޮއިން އެތެރެ ކޮށްފައިވަނީ ވެލާނާ އެއާރޕޯޓުން ރާއްޖެ އައި އެހެން ގައުމެއްގެ މީހެއް
ހެރޮއިންގެ މަގުމަތީގެ އަގު 3 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ އެތެރެކުރި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަތުލައިގަތީ އަންގާރަ ދުވަހުގެ މެންދުރު ފުލުހުންގެ ލޯ އެންފޯސްމެންޓް ޓީމާއި، ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ބުނީ ހެރޮއިން އެތެރެ ކޮށްފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ރާއްޖެ އައި އެހެން ގައުމެއްގެ މީހެއް ކަމަށާއި އޭނާގެ އަތުން 1.144 ކިލޯ ގުރާމްގެ ކޮކައިން ފެނިފައިވާ ކަމަށެވެ.

މި ތަކެތީގެ މަގުމަތީގެ އަގު ތިން މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެޕްރީލް މަހުގެ 29 ވަނަ ދުވަހު ކަނޑު މަގުން ރާއްޖެއަށް އެތެރެކޮށް، ގދ. އަތޮޅު ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައި ވެއެވެ.

އެ ތަކެތި އަތުލައިގަނެފައި ވަނީ ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރައްތަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް