ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 22:29
އެމަނިކުފާނުގެ ފިރިހެން ދަރިކަލުން ވަލީއަހުދު ނަރުހީޓޯ, ބަނަފްސާ ތަޚުތާ ހަވާލުވެވަޑައިގެން އެމްޕެރަރގެ މަސްއޫލިއްޔަތު އުފުއްލަވަން ފައްޓަވާނީ ބުދަ ދުވަހު
އެމަނިކުފާނުގެ ފިރިހެން ދަރިކަލުން ވަލީއަހުދު ނަރުހީޓޯ, ބަނަފްސާ ތަޚުތާ ހަވާލުވެވަޑައިގެން އެމްޕެރަރގެ މަސްއޫލިއްޔަތު އުފުއްލަވަން ފައްޓަވާނީ ބުދަ ދުވަހު
ދި ޓެލެގްރާފް
އެމްޕެރަރ އަކިހީޓޯ
ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތުން ފައިބާ ވަޑައިގެންކަން އިއުލާނު ކުރައްވައިފި
 
އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ 1989 ވަނަ އަހަރު

ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ތަޚުތު ދޫކޮށްލެއްވިކަން ޓޯކްޔޯގެ އިމްޕީރިއަލް ޕެލަސްގައި ބޭއްވި ތާރީޚީ ރަސްމިއްޔާތުގައި އިއުލާނު ކުރައްވައިފިއެވެ.

އެމްޕެރަރގެ ހައިސިއްޔަތުން ދެއްވި އެންމެ ފަހު ތަގުރީރުގައި އަކިހީޓޯވަނީ ތިރީސް އަހަރު ތަޚުތުގައި ހުންނެވިއިރު ރައްޔިތުން އެ މަނިކުފާނަށް ދެއްވި އެއްބާރު ލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަކިހީޓޯވަނީ ރަމްޒީގޮތުން ބާރުތައް ހަވާލު ކޮށްދެއްވާފައެވެ.

މަގާމުން ވަކިވެ ވަޑައިގެންނެވުމަށް އިމްޕީރިއަލް ޕެލަސްގައި ބޭއްވި  ރަސްމިއްޔާތުގައި ބޮޑޮވަޒީރު ޝިންޒޯ އަބޭއާއި ވަލީއަހުދު ނަރުހީޓޯ އަދި ޕްރިންސަސް މަސާކޯ ބައިވެރިވެ ވަޑައިގެންފައިވެއެވެ. ރަސްމިއްޔާތަށް 300 އެއްހާ މީހުން ހާޒިރުވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ބޮޑުވަޒީރު އަބޭވަނީ އެމްޕެރަރ އަކިހީޓޯ ހިންގެވި މަގު ހަނދާން ކުރާއިރުު  ޖަޕާނުގެ މުސްތަގުބަލް އުޖާލާކޮށް ސުލްހަވެރި ފަޚުރުވެރި އަދި އުއްމީދުން ފުރިފައިވާ ޖަޕާނަކަށް އެގައުމު ހެދުމަށް ހިންމަތާއެކު މަަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އުމުރުފުޅުން 85 އަހަރުފުޅުގެ އެމްޕެެރަރ އަކިހީޓޯގެ ސިއްޙީ ހާލުކޮޅު މަގާމުުގެ ޒިންމާތައް އުފުއްލެވުމަށް ތަންނުދޭ ކަމަށް ވިދާޅުވެ ތަޚުތު ދޫކޮށްލައްވަން އެދިވަޑައިގަތުމުން ގާނޫނީ ގޮތުން އެކަން ކުރެވޭނެ އިންތިޒާމްތައް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ވަނީ ނިންމާފައެވެ.

އެމަނިކުފާނުގެ ފިރިހެން ދަރިކަލުން ވަލީއަހުދު ނަރުހީޓޯ, ބަނަފްސާ ތަޚުތާ ހަވާލުވެވަޑައިގެން އެމްޕެރަރގެ މަސްއޫލިއްޔަތު އުފުއްލަވަން ފައްޓަވާނީ ބުދަ ދުވަހުއެވެ.

ޖަޕާނުގެ އެމްޕެރަރއަކީ ސިޔާސީ އެއްވެސް ބާރެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ނުވާއިރު އެއީ ރަމްޒީ މަގާމެކެވެ. ނަމަވެސް އިއްޒަތާއި ގިނަ އިމްތިޔާޒްތަކެއް ލިބިވަޑައިގަންނަވާ ހައިބަތު ބޮޑު މަގާމެކެވެ.

އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ 1989 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް
'ވޯލްޑް ޝެފްސް އޭޝިޔާ ޕްރެސިޑެންޓްސް އަހަރީ ބައްދަލުވުން 2024' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހުން 7 ދުވަހަށް ބަންދު
3 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ، ޑްރޯން ބޭނުންނުކުރާ ސަބަބު ސާފެއްނުކޮށްދިން
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން އަންގައިފި