ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 18:39
ކެޓްރީނާ ކެއިފް
ކެޓްރީނާ ކެއިފް
ގޫގުލް
ބޮލީވުޑް
ބާރަތްގެ ލީޑްރޯލަށް ޕްރޮޑިއުސަރުގެ ފުރަތަމަ ޗޮއިސް އަކީ އަހަރެން: ކެޓްރީނާ
ޕްރޮޑިއުސަރުގެ ފުރަތަމަ ޗޮއިސް އަކީ ޕްރިޔަންކާ ނޫންކަމަށް ކެޓްރީނާ ބުނި

މިއަހަރުގެ ޖޫން މަހު ރިލީޒް ކުރާ ފިލްމް "ބާރަތް" ލީޑް ރޯލަށް ފިލްމްގެ ޕްރޮޑިއުސަރ އަތުލް އަގްނިހޯތްރީ ގެ ފުރަތަމަ ޗޮއިސް އަކީ ކެޓްރީނާ ކެއިފް ކަމަށް އޭނާ ބުނެފިއެވެ.

"ބާރަތް"ގެ ލީޑް ރޯލު ކުޅުމަށް ކުރިން ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސާފައި ވީނަމަވެސް ފިލްމްގެ ޝޫޓިންތައް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޕްރިޔަންކާ ވަނީ އެ ރޯލް ދޫކޮށްލާފައެވެ.

ދާދިފަހުން "މުމްބާއީ މިރޯ" އަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނެފައި ވަނީ ބާރަތްގެ ލީޑް ރޯލަށް ޕްރޮޑިއުސަރުގެ ފުރަތަމަ ޗޮއިސް އަކީ ޕްރިޔަންކާ ނޫންކަމަށެވެ.

އަތުލް އަކީ އަހަރެންނަށް އަބަދުވެސް ވަރަށް ސަޕޯޓިވް މީހެއް. އަދި އޭނާ އަބަދުވެސް ބޭނުންވޭ އަހަރެން އޭނާގެ ފިލްމްތައް ކުޅެން.  އެންމެ ފަހުވަގުތު އެގޮތަށް އެކަންވެފައި މިއޮތީ." ކެޓްރީނާ ވަނީ ބުނެފައެވެ.

"ބާރަތް"ގައި ލީޑް ރޯލުން ފެނިގެންދާނީ ސަލްމާން ޚާން އާއި ކެޓްރީނާގެ އިތުރުން ދިޝާ ޕަޓާނީ، ޖެކީ ޝްރޯފް، ސުނިލް ގްރޯވާ އަދި ނޯރާ ފަތޭހީ އެވެ.

މީގެ ކުރިން ސަލްމާން ޚާން އާއި ކެޓްރީނާ އެކުގައި ކުޅެފައިވާ ފިލްމް ތަކުގެ ތެރޭގައި "މައިނޭ ޕިޔާރު ކިޔުން ކިޔާ"، "ޕާރޓްނަރ"، "އޭކްތާ ޓައިގާ" އަދި "ޓައިގާ ޒިންދާހޭ" ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް