ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 18:32
ޕްރިޔަންކާ ޗޯޕްރާ އާއި ސިދާތް ޗޯޕްރާ އަދި އިޝިތާ
ޕްރިޔަންކާ ޗޯޕްރާ އާއި ސިދާތް ޗޯޕްރާ އަދި އިޝިތާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސިދާތްގެ ކައިވެނި ފަސްކުރުމުން ޕްރިޔަންކާ އެނބުރި ޔޫއެސްއަށް!
މި ކައިވެނި ފަސްކޮށްފައިވަނީ އިޝިތާ އިމެޖެންސީ ސާރޖަރީއެއް ހަދަން ޖެހުމުން

ޕްރިޔަންކާ ޗޯޕްރާ ވަނީ އޭނާގެ ކޮއްކޮ ސިދާތް ޗޯޕްރާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ދާދިފަހުން އިންޑިއާއަށް ގޮސްފައެވެ.

ނަމަވެސް ކައިވެނީ ފަސްކުރުމުން ޕަރިޔަންކާ ވަނީ އަންގާރަ ދުވަހު އެނބުރި ޔޫއެސް އަށް ގޮސްފައެވެ.

މުމްބާއީ މިރޯގައި ރިޕޯޓް ކޮށްފައިވާގޮތުން މި ކައިވެނި ފަސްކޮށްފައިވަނީ ސިދާތްގެ ފިއޭންސޭ އިޝިތާ ކުމާރު މި ހަފްތާ ބަންދުގައި އިމެޖެންސީ ސާރޖަރީއެއް ހަދަން ޖެހުމުންނެވެ.

މަސްދަރަކުން ޑެއިލީ އަށް ބުނިގޮތުގައި މި ކައިވެނި ކެންސަލްވީކަމަށް ވާހަކަ ދެކެވޭ ކަމަށާއި ނަމަވެސް އިޝިތާ ރަނގަޅުވާން ވަގުތުނަގާނެތީ އާއިލާއިން ދަނީ ރަނގަޅު މުހުލަތެއް ބަލަމުން ކަމަށެވެ.

ޕްރިޔަންކާ ވަނީ މީގެ ކުރިން ސިދާތް އާއި އިޝިތާގެ ރޯކާ ސެރަމަނީގެ ފޮޓޯ ހިއްސާކޮށް އިޝިތާއަށް އެ އާއިލާއަށް މަރުހަބާ ކިޔާފައެވެ.

ޕްރިޔަންކާ މި ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް އިންޑިއާއަށް ގޮސް ހޭދަކުރި ކުޑަ ދުވަސްކޮޅުގައި ވަނީ ރައްޓެހިންނާއި އާއިލާ އާއި އެކު ކެއުންތަކުގައި ބައިވެރި ވަގުތު ހޭދަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް