ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 16:55
އޭސީސީ ވެސްޓާން ރީޖަން ކްރިކެޓު މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމް
އޭސީސީ ވެސްޓާން ރީޖަން ކްރިކެޓު މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
އޭސީސީ ވެސްޓާން ރީޖަން
އޭސީސީ ވެސްޓާން ރީޖަން ކްރިކެޓު މުބާރާތުން ރާއްޖެ ކަޓައިފި
 
ޔޫސުފް އަޒިޔާން ފަރުހަތު ވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާގެ މަގާމް ހޯދާފަ
 
މުބާރާތުން ރާއްޖެ ކެޓީ ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވުމުން

އޭސީސީ ވެސްޓާން ރީޖަން ނަވާރަ އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ޤަތަރާއި ވާދަކުރި މެޗުން ބަލިވެ ރާއްޖޭގެ ޓީމް މުބާރާތުން ކަޓައިފިއެވެ. 

ރާއްޖެ މުބާރާތުން ކަޓާފައި މިވަނީ ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބު ނުކުރެވުމުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ކުވައިތު އަތުންނެވެ. ދެވަނަ މެޗުން އޮމާން އަތުން ބަލިވިއިރު ފަހު މެޗުގައި ގަތަރު އަތުން ބަލިވީ 28 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. 

ސްރީލަންކާގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ނިލަންތަ ކޫރޭގެ އިރުޝާދުގެ ދަށުން، އޭސީސީ މުބާރާތުގައި ރާއްޖޭގެ ނަވާރަ އަހަރުން ދަށުގެ ކްރިކެޓް ޓީމް ވާދަކުރިއިރު، ޓީމް ވަނީ އަވަށްޓެރި ލަންކާގައި ހާއްސް ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. 

ރާއްޖޭގެ ސީނިއާ ގައުމީ ކްރިކެޓް ޓީމުގެ ކޯޗް އާސިފް ޚާން އޭރު ބުނެފައި ވަނީ ޓްރެއިނިންގް ކޭމްޕްގެ ސަބަބުން ކުޅުންތެރިން ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފި ކަމަށާއި، ކުޅުންތެރިން ތިބީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާއެއް ހޯދައި ދެވަނަބުރަށް ދަތުރުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ގަތަރު އަތުން ބަލިވި މެޗަށް ފަހުގައި އެސިސްޓަންޓް ކޯޗް އިސްމާއިލް ނިހާދު ބުނީ، ތިން މެޗުން ބަލިވެގެން މުބާރާތުން ކަޓަން ޖެހުނީ، ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއްގެ ތަޖުރިބާ ލިބިފައި ނެތުމުން ކަމަށެވެ. 

މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް ޓީމް މުބާރާތައް ތައްޔާރުވެފައިވާ މިންވަރު ވަކި ވަކި ކުޅުންތެރިން ހޯދި ކާމިޔާބީތަކުން ދޭހަވެއެވެ. އެގޮތުން ޔޫސުފް އަޒިޔާން ފަރުހަތު ވަނީ މުބާރާތުގައި 199 ލަނޑު ހަދައިގެން މުބާރާތުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާގެ މަގާމް ހޯދާފައިއެވެ. އޭނާ ވަނީ ޤަތަރު އަތުން ރާއްޖެ ބަލިވި މެޗުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދާފައެވެ. 

އަޒިޔާންގެ އިތުރުން ޓީމްގައި ހިމެނޭ އެންމެ އުމުރުން ހަގު ކުޅުންތެރިއާ ކަމަށްވާ މުޙައްމަދު ރަޔާން ތޮލާލް ވަނީ މި މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެ ގޮތުން އޮމާން މެޗުގައި އޭނާ ވަނީ މެޗުގައި 4 ވިކެޓް، 2 ކެޗް، ނަގާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޮމާންގެ ޖީލް ޔަގްނޭޝް އަށްވުރެ ރަޔާންގެ މަދީ އެންމެ ވިކެޓެކެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް