Advertisement
ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 15:43
މާފަންނު އުުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓަށް ހާޒިރުކުރުން
ފަނޑިޔާރަކު ކުރާ ހުކުމަކަށް ފާޑުކިޔުމުން އޭނާއަށް ޗިޓް ފޮނުވައިގެން ކޯޓަށް ހާޒިރުކުރުން ބަލައެއް ނުގަނެވޭނެ: އިންތި
އިންތިކޮށްފައިވާ ޓުވީޓަކާއި ގުޅިގެން އޭނާ ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައި
ފަނޑިޔާރުގެ އިސްލާހުކުރުމަށް ދައްކާ ވާހަކަ އެއީ ނުބައި މާނައެއްގައި ދައްކާ ވާހަކައެއްގެ ގޮތުގައި ނުދެކުމަށް އެދޭ ކަމަށް ވަނީ ވިދާޅުވެފައި

ފަނޑިޔާރަކު ކުރާ ހުކުމަކަށް ފާޑުކިޔުމުން އޭނާ އަށް ޗިޓް ފޮނުވައިގެން ކޯޓަށް ހާޒިރުކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

 ފަނޑިޔާރުގެ އިސްލާހު ކުރުމާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހުސްނުއްސުއޫދު ދެއްކެވި ވާހަކައާއި ގުޅިގެން، އަންގާރަ ދުވަހު އިންތި ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.  

އެމްޑީޕީގެ ތަރުޖަމާންކަން ވެސް ކުރައްވަމުން އަންނަ އިންތި ވިދާޅުވީ ކޯޓުން ބޭރުގައި ކޯޓްގެ ހުކުމަކަށް ނުވަތަ ކޯޓްގެ ފަނޑިޔާރަކު އަމަލުކުރި ގޮތަކަށް ފާޑުކިޔުމުން، އޭނާއަށް ޗިޓް ފޮނުވައިގެން ކޯޓަށް ހާޒިރުކުރާ އެހެން ޑިމޮކްރެސީއެއް ދުވަހަކު ވެސް ނުދެކޭ ކަމަށެވެ. 

"ފަނޑިޔާރެއް ކުރާ ކަމަކުން ފާޑުކިޔުމުން، މި ގޮތަށް ޗިޓް ފޮނުވާފައި ގެންދާ ގެންދިއުމަކީ އަޅުގަނޑު އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން" އިންތި ވިދާޅުވިއެވެ.

ދުނިޔޭގެ ތަހްޒީބްވެފައިވާ ހުރިހާ ޑިމޮކްރަސީއެއްގައި ވެސް ފަނޑިޔާރުގެ އަށާއި، ފަނޑިޔާރުންގެ ހުކުމްތަކަށް ފާޑުކިޔުމަކީ އޮންނަ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ. އެއްވެސް ފަރާތަކީ އަދި އެއްވެސް މުއައްސަސާއަކީ ކުށުން ބަރީއަވެގެންވާނެ ތަނެއް ނޫންކަން އިންތި ފާހަގަ ކުރެއްވިއެވެ. އިންތި ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ދައްކާ ވާހަކަ އެއީ ނުބައި މާނައެއްގައި ދައްކާ ވާހަކައެއްގެ ގޮތުގައި ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ވަޑިއަކު މަޑުލެއް އޮޑިއެއް ބަނުމުގައި އަޅާފައި ވަނިކޮށް އަޅުގަނޑުމެން ދާ ގޮތަށް ގޮސް އެ ފުނޑާލައިފިއްޔާމު އެ ވަނޑިއަށް ނުފޫޒު ފޯރުވުން ކަމަށް ވެދާނެ. އެ ވަޑިއަކު އެ އަޅާ މަޑުލާއި މެދު ފާޑުކީމައި، ނޫނީ އެ މަޑު އެޅިގޮތާއި މެދު ފާޑިކީމައި އެއީ މަޑުލަށް ނުފޫޒު ފޯރުވުން ކަމަށް ވެގެނެއް ނުވާނެ ނޫންތޯ" އިންތި ވިދާޅުވިއެވެ.

ކުރި ޓުވީޓަކާއި ގުޅޭ ގޮތުން އަންގާރަ ދުވަހު އިންތި ސުޕްރީމް ކޯޓަށް ހާޒިރު ކޮށްފަވާއިރު،  މަރުތައް ބަލާ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ގާނޫނީ ވަކީލު މޫސާ ސިރާޖު ވެސް ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް