Advertisement
ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 13:14
ރޭގެ އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް 150 ކިލޯގެ މަސްތުވާތަކެތި
ރޭގެ އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް 150 ކިލޯގެ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންނަށް މުއްދަތު ޖަހައިފި
އަތުލާފައިވާ މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 260 މިލިއަން ރުފިޔާއަށް އަރާ

ގދ. އަތޮޅު ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުން ފުލުހުން އަތުލައިގެންފައިވާ 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. 

ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްއާ ޑިވިޝަނަލް ޕޮލިސް ކޮމާންޑާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލައިގައި ފަސް މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރެއިން އެކަކަށް ވަނޯ 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި ބާކީ ތިބި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ. އެ ފަސް މީހުންނަށް މުއްދަތު ޖަހާފައިވަނީ އެ އަތޮޅު ގައްދޫ ކޯޓުންނެވެ.

މި މައްސަލާގައި ފުލުހުން އަތުލައިގެންފައި ވަނީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސްއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް