Advertisement
ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 12:41
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ޝުއައިބް މުހައްމަދު އިގްބާލް
ސިނަމާލެ ބްރިޖް
ބުރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމަށް ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި
ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާން ކޮށްފައި

ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހަރުކުރާ ކެމެރާތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

މާލެ އާއި ހުޅުލެ ގުޅުވާދޭ ބްރިޖާއި ހައިވޭގައި ސްޕީޑް ކެމެރާ ހަރުކުރުމަށް މީގެ ކުރިން ވެސް ވަނީ ނިންމާފައެވެ.

ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނީ ބީލަމުގައި ބައިވެރިވުމަށް ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި އީމެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާ އެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެ ކަމަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީވި ކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ މަހު ހަތަރު ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.

މީގެ އިތުރުން ފުލުހުން ބުނީ ޕްރީބިޑް ބޭއްވުމަށް ހަމަޖެހިފައި ވަނީ، މެއި މަހުގެ 5 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގައި ހެނދުނު 11:00 ގައި ކަމަށާއި، ބީލަން ހުޅުވުން އޮންނާނީ މެއި މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އިސްކަންދަރު ބިލްޑިންގައި ކަމަށެވެ.

ބުރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މީގެ ކުރިން ވަނީ ބުރިޖާއި ހައިވޭގައި ހަރުކުރުމަށް ބޭނުންވާ 77 ސަވެޔަލެންސް ކެމަރާ ހޯދަން ވެސް އިއުލާން ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް