Advertisement
ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 12:29
ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސްގައި ހައުސިން މިނިސްޓަރ (ވ) އަދި މަސީގެ ރައީސް
ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސްގައި ހައުސިން މިނިސްޓަރ (ވ) އަދި މަސީގެ ރައީސް
ޝުއައިބް މުހައްމަދު އިގްބާލް
ހެލްތު އެންޑް ސޭފްޓީ ޕްރޮގްރާމް
މަސީގެ އެނުއަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް ފަށައިފި
ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ އިސް ފަރާތްތައް ވަނީ ބައިވެރިވެފައި

ކޮންސްޓްރަކްޝަން ދާއިރާގައި ހިނގާ ނުރައްކާތެރި ހާދިސާތައް އިތުރުވެފައި ވާތީ ދިމާވެދާނެ ގެއްލުމުން ސަލާމަތްކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް، ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސެއް ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސް ނަގައިގެން ބާއްވާ ކޮންފަރެންސްގައި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތައް ވަނީ ބައިވެރިވެފައެވެ. 

އެ ކޮންފަރެންސް ފައްޓަވާދެއްވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ. މި ކޮންފަރެންސް އަމާޒު ކޮށްފައި ވަނީ އިމާރާތްކުރާ ވެރިފަރާތާއި މަސައްކަތް ކުރާ ކޮންސްޓްރަކްޝަން ސައިޓްތަކާއި ސައިޓްތަކުގެ ކައިރިން ހިނގާބިނގާވެ އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ޖަނާހު ވިދާޅުވިއެވެ. 

"ކޮންމެ އަހަރަކު ވެސް މިފަދަ ޖަލްސާއެއް ބާއްވާ ހެލްތު އެންޑް ސޭފްޓީއަށް ގެންނަން ޖެހޭ އިތުރު އިމްޕްރޫވްމަންޓްސް އަޅުގަނޑުމެންގެ އިންޑަސްޓްރީއަށް ގެނެސް އެއަށް މަޝްވާރާ ކުރެވިގެން ދާނެ،" ޖަނާހު ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ހަޔަ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހާޝިމް ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ އެކްސިޑެންޓްތައް ހިނގާފައި ވަނީ މީހުންގެ ފަރުވާކުޑަކަމުން ކަމަށެވެ. އޭގެ ތެރޭގައި "ސޭފްޓީ ޕްރޮސީޖަރ އިގްނޯކުރުމާއި" މީހުންގެ ފަރުވާކުޑަކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަންގާރަ ދުވަހުގެ ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ވަނީ ބައިވެރިވި ފަރާތްތަކަށް އިމާރާތް ކުރުމުގައި ގެންގުޅޭ ހެލްމެޓް ހަވާލުކޮށްފައެވެ. ކޮންސްޓަރކްޝަން ދާއިރާގައި މަސައްތް ކުރުމުގައާއި ހިލޭ ތަމްރީނު ދިނުމަށް މަސީ އާއި ޕޮލީޓެކްނިކާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. 

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް