Advertisement
ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 02:42
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ހައްވާ މުހައްމަދު
މަސްތުވާތަކެތި އަތުލައިގަތުން
ގދ. ހުޅުވާރުލުން މަސްތުވާތަކެތި ހޯދަން ފުލުހުން ހިންގި ކާމިޔާބު އޮޕަރޭޝަނަށް ކޮމިޝަނަރގެ ތައުރީފް
އަތުލި މަސްތުވާތަކެތީގެ އަގަށް 260 މިލިއަން ރުފިޔާ އަރައި

ގދ. ހުޅުވާރުލުން މަސްތުވާތަކެތި ހޯދަން ފުލުހުން ހިންގި ކާމިޔާބު އޮޕަރޭޝަނަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ތައުރީފް ކުރައްވައިފިއެވެ.

ކަނޑު މަގުން ރާއްޖެއަށް އެތެރެކޮށް، ގދ. އަތޮޅު ފަޅުރަށެއްގައި ވަޅުލާފައިވާ 149ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދީ ހޯމަ ދުވަހުއެވެ. އެ 149 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު އުޅެނީ ގާތްގަނޑަކަށް 260 މިލިއަން ރުފިޔާގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހިންގި ކާމިޔާބު މި ބޮޑު އޮޕަރޭޝަންއަށް ތައުރީފް ކުރައްވާ ސިޕީ ވިދާޅުވީ، ގާތްގަނޑަކަށ149 ކިލޯގްރާމުގެ ޑްރަގްސް (ހިރޮއިން އަދި ކެނެބިސް) ކަނޑުމަގުން ރާއްޖެ އެތެރެކޮށް ގދ. ހުޅުވާރުލު ގައި ވަޅުލާފައި ވަނިކޮށް އެތަކެތި ހޯދުމަށް ފުލުހުން ހިންގީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.

އަދި ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި، ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސާއި، އަޕަ ސައުތު ޕޮލިސް ޑިވިޝަނުން ކުރި މަސައްކަތަށް ސާބަސް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ތަކެތި އަތުލައިގަނެފައި ވަނީ ފާއިތުވި 72 ގަޑިއިރު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރައްތަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ފަސް މީހަކު ވަނީ ގެންގޮސްފައެވެ.

މަސްތުވާތަކެތި އަތުލައިގަތްކަން ހާމަކޮށްފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާ ގުޅިގެން ގދ. ތިނަދޫ ގައި ބޭއްވި ޑިނަރ ނައިޓްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް