Advertisement
ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 07:29
ހައްޖައްދާން އިހުރާމް ބަނދެގެން ތިބި މީހުންތަކެއް
ހައްޖައްދާން އިހުރާމް ބަނދެގެން ތިބި މީހުންތަކެއް
ގޫގުލް
ހައްޖަށް މީހުން ގެންދިއުން
ހައްޖަށް މީހުން ގެންދަން 18 ކުންފުންޏަކުން ކުރިމަތިލައިފި
ސައުދީ ސަރުކާރުން ރާއްޖެއަށް 2000 މީހުންގެ ހައްޖު ކޯޓާ ދޫކޮށްފައިވޭ
ޕްރޮޕޯޒަލް ހުސާއެޅުމަށް ހުޅުވާލާފައި ވަނީ އެޕްރީލް މަހުގެ 16 ވަނަ ދުވަހު

ރާއްޖެއިން މީހުން ހައްޖަށް ގެންދަން 18 ކުންފުންޏަކުން ކުރިމަތިލައިފިއެވެ.

ހައްޖަށް މީހުން ގެންދަން ކުރިމަތިލާފައިވާ ކުންފުނިތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޭނީ ފަސް ކުންފުންޏަކަށެވެ.

ހައްޖައް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދެނީ ޝަރުތުތަކަކަށް ބެލުމަށް ފަހުއެވެ. އެ ޝަރުތު ތަކުގެ ތެރޭގައި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއި އަދި ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމަކީ ވެސް ޝަރުތެއްގެ ގޮތުގައި ބަލާފައި ވެއެވެ.

މީގެ އިތުރުން މިކަމަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހަކަށް ނުވުމުގެ އިތުރުން ޕްރޮޕޯޒަލްގައިވާ އަގުތަކަށް ބަލައި އެ އަށް ވުރެ އިތުރަށް ފައިސާ ނުނަގަން ޝަރުތު ކޮށްފައި ވެއެވެ.

މި އަހަރުގެ ހައްޖަށް ސައުދީ ސަރުކާރުން ރާއްޖެއަށް 2000 މީހުންގެ ހައްޖު ކޯޓާ ދޫކޮށްފައި ވާއިރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސަރުކާރުން ދެނީ އެއް އަހަރަށެވެ.

ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައި ވަނީ އެޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ. ޕްރޮޕޯޒަލްގެ ފީއެއްގެ ގޮތުގައި 10،000ރ ދައްކަން ޖެހެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް