Advertisement
ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 00:39
ކުލިކު ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން
ކުލިކު ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން
މުހައްމަދު ޝަރުހާން
ކުލިކު ކޮލެޖުގެ ދަސްވެނިވުން
ކްލިކު ކޮލެޖުން 86 ދަރިވަރުން ދަސްވެނި ވެއްޖެ
400 އަށްވުރެން ގިނަ ކުދިން ތައުލީމު ހާސިލްކުރޭ

ކުލިކު ކޮލެޖުން 86 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ދަސްވެނިވުމުގައި 86 ދަރިވަރުން ދަސްވެނިވެފައިވާއިރު، އެ ކޮލެޖުގައި 400 އަށްވުރެން ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދެއެވެ. ހަތްދިހަ ޓީޗަރުން ކިޔަވައި ދިނުމުގައި ހަރަކާތްތެރިވާ ކުލިކު ކޮލެޖަކީ ތައުލީމް ފޯރުކޮށްދިނުމުގައި 18 އަހަރަށްވުރެން ގިނަ ދުވަސްވެފައިވާ ކޮލެޖެކެވެ.

ހޯމަ ދުވަހުގެ ރޭ އޮތް ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފެވެ. ހަފްލާގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ދަސްވެނިވުމުގެ ހަފްލާއަކީ ވަރަށް ފަޚުރުވެރި ހަފަލާއެއް ކަމަށާއި އެއީ ބެލެނިވެރިންނާއި ޓީޗަރުންނާއި ކުދިންގެ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ.

"މި ދަސްވެނިވުމަކީ ތައުލީމު ހޯދަން ކުރާ ދަތުރުގެ ފެށުން. ދަސްކުރަން އަދި ބައިވަރު ގިނަ ކަންތައްތައް އެބަހުރި. ތައުލީމީ ހަޔާތުގައި ވަރަށް ގިނަ ދަތި އުނދަގޫ ކަންތައްތަކަކާއި ކުރިމަތި ލާންޖެހޭނެ،" ޝިދާތާ ވިދާޅުވިއެވެ.

ކުލިކު ކޮލެޖުން ދަރިވަރުން ދަސްވެނިވެފައިވާ ކޯސްތަކުގެ ތެރޭގައި ހެރިއޮޓްވޯޓް ޔުނިވާރސިޓީގެ ކޯސްތަކާއި އަދި ކުލިކު ކޮލެޖުގެ ކޯސްތައް ހިމެނެއެވެ. އެގޮތުން ހެރިއޮޓްވޯޓް ޔުނިވާރސީޓީގެ ކޯސްތަކުގެ ތެރޭގައި ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާސްއޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެންޓަޕްރައިސް)ގެ އިތުރުން ބެޗްލާއޮފް އާޓްސް އިން އެކައުންޓެންސީ އެންޑް ފައިނޭންސިން ހިމެނެއެވެ. ކްލިކު ކޮލެޖުގެ ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ކޯސްތަކާއި، ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާގެ އިތުރުން މާކެޓީންގެ ކޯސްތައް ވެސް ހިމެނެއެވެ. 

މީގެ އިތުރުން ހިއުމަން ރިސޯސަސް މެނޭޖްމެންޓް ކޯސްތަކާއި، އެޑްވާންސް ޑިޕޮލޮމާއިން އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން މެނޭޖްމެންޓް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސެޓްފިކޭޓް ލެވެލް ކޯސްތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް