Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 22:08
ފުލުހުން މީގެ ކުރިން އަތުލައިގަތް ބައެއް މަސްތުވާތަކެތީގެ ފޮޓޯއެއް
ފުލުހުން މީގެ ކުރިން އަތުލައިގަތް ބައެއް މަސްތުވާތަކެތީގެ ފޮޓޯއެއް
ރާއްޖެއެމްވީ
މަސްތުވާތަކެތި އަތުލައިގަތުން
ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި
އެ ތަކެތި ހޯދާފައި ވަނީ ގދ. އަތޮޅު ފަޅު ރަށަކުން

ކަނޑު މަގުން ރާއްޖެއަށް އެތެރެކޮށް، ގދ. އަތޮޅު ފަޅުރަށެއްގައި ވަޅުލާފައިވާ 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފިއެވެ.  

އެ ތަކެތި އަތުލައިގަނެފައި ވަނީ ފާއިތުވި 72 ގަޑިއިރު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރައްތަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.  މި މައްސަލާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ފަސް މީހަކު ވަނީ ގެންގޮސްފައެވެ.  

އެ އޮޕަރޭޝަން ހިންގާފައި ވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްއާ ޑިވިޝަނަލް ޕޮލިސް ކޮމާންޑާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ގުޅިގެންނެވެ.

މަސްތުވާތަކެތި އަތުލައިގަތްކަން ހާމަކޮށްފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާ ގުޅިގެން ގދ. ތިނަދޫ ގައި ބޭއްވި ޑިނާރ ނައިޓްގައި ޕޮލިސް ކޮމިޝަނަރު މުަހައްމަދު ހަމީދުއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 އޭޕްރިލް 2019 | ހޯމަ 17:20
ihaaru.
150 ކިއްލި ގޮށީ