Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 19:09
ލަންކާގެ ފުލުހުން މީހަކު ބަލައި ފާސްކުރަނީ
ލަންކާގެ ފުލުހުން މީހަކު ބަލައި ފާސްކުރަނީ
އޭޕީ
ލަންކާ ހަމަލާ
ލަންކާގައި ހައްޔަރު ކުރި ހަތަރު ދިވެހިން ދޫކޮށްލައިފި
ދޫކޮށްލާފައިވަނީ ހޯމަ ދުވަހު
އެމީހުންގެ އަތުން ލައިސެންސް ނެތް އެއަރ ރައިފަލް ފެނިފައިވޭ

ސްރީލަންކާ އަށް ދިން ބޮން ގޮއްވުމުގެ ހަމަލާ ގައި އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަން ގައި ނެގަމްބޯ އިން ހައްޔަރު ކުރި ހަތަރު ދިވެހިން ދޫކޮށްލައިފިއެވެ.

 މި ހަތަރު މީހުން ދޫކޮށްލާފައި ވަނީ، ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށް ރާއްޖޭގެ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެ ހަތަރު މީހުން ދޫކޮށްލާފައި ވަނީ އެމީހުން އިތުރަށް ބަންދު ގައި ބަހައްޓަން ނުފެންނާތީވެއެވެ. އަދި އެމީހުންނާއި ދެކޮޅަށް ދައުވާކުރާނެ މައްސަލައެއް ނެތުމުންް ކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެއެވެ.

 އެ ހަތަރު މީހުންގެ އާއިލާއިން ވަނީ އެ މީހުންނާއި ހަވާލުވެފައެވެ. އެ މީހުންގެ އާއިލާތަކުން އައުމަށް ސްރީލަންކާ ކޯޓުން އަންގާފައިވާ ކަމަށް ހޮނިހިރު ދުވަހު އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފައެވެ.  

ނެގަމްބޯ އިން ހައްޔަރު ކޮށްފައިވާ ހަތަރު މީހުންގެ އަތުން އެއަރ ރައިފަލްއެއް ފެނުނު ކަމަށާއި، އެމީހުންގެ އަތުގައި އެއަރ ރައިފަލް ގެންގުޅުމުގެ ލައިސަންސް އެއް ނެތް ކަމަށް ލަންކާ ގައި ހުންނަ ދިވެހި އެމްބެސެޑަރު އުމަރު އަބްދުއްރައްޒާގު ވިދާޅުވިއެވެ.

 އޭގެ އިތުރުން ވެރިރަށް ކޮޅުނބުން ހައްޔަރު ކޮށްފައިވާ ހަތަރު މީހެއްގެ ބަންދުގެ މުއްދަތު މޭމަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރު ކޮށްފައެވެ. އިސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ފައްޅިތަކާއި، މަތީ ފަންތީގެ ހޮޓާތަކަށް ހަށިގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގައި 250 މީހަކު މަރުވެ 500 އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

އެ ހަމަލާ އަކީ މިފަހުގެ ތާރީހެއްގައި ލަންކާ އަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. ހަމަލާގެ ޒިންމާ ނަގާފައިވަނި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް