ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 16:42
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު
ޓެނިސް އެސޯސިއޭޝަން
ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް
25 ވަނަ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޗެމްޕިއަންޝިޕް ނިންމާލައިފި
 
އޯޕަން ސިންގަލްސް ޗެމްޕިއަން އިގްނާޒް މަންސޫރް
 
މުބާރަތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ މަހުލޫފް

25 ވަނަ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޗެމްޕިއަންޝިޕް އާދިއްތަ ދުވަހު ނިންމާލައިފިއެެވެ. މުބާރާތުގެ ނިންމުމުގެ ޙަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފެވެ.

ޓެނިސް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިގޭމްސްގައި ޓެނިސް ހިމެނޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ބައިނަލް އަޤްވާމީ މިންގަނޑަށް ޓެނިސް ސެންޓަރ ތަރައްޤީ ކުރެއްވުމަށް އެސޯސިއޭޝަނާއި ގުޅިގެން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ނެޝަނަލް ޓެނިސް ސެންޓަރ ބޭއްވުނު މިހަފްލާގައި ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް މިނިސްޓަރ ތައްޓާއި އިނާމު ބައްސަވައި ދެއްވިއެވެ. މިނިސްޓަރގެ އިތުރުން އެސޯސިއޭޝަންގެ ރައީސް އަހްމަދު ނަޒީރާއި ލިލީ އިންޓަރނޭޝަނަލްގެ މެނޭޖިންގް ޑައިރެކްޓަރ އާމިރު މަންސޫރު ކުޅުންތެރިންނަށް އިނާމު ބައްސަވައިދެއްވިއެވެ. މިޙަފަލާގައި ހާއްސަ މެހެމާނެއްގެ ގޮތުން ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާޢިލް ބައިވެރިވަޑައިގެންނެވިއެވެ.

މުބާރާތުގެ ފިރިހެންބައިގެ އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އިގްނާޒް މަންސޫރެވެ. އަންހެންބައިގެ އޯޕަން ސިންގަލްސް ފައިނަލްގައި މަރިޔަމް ހަޝްމާ ހާނިމް އާއި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ޒެއިނާ އަބްދުލް ރަޝީދުއެވެ.

މިމުބާރާތުގައި 55 އަންހެން ކުޅުންތެރިންނާއި ފިރިހެން 65 ކުޅުންތެރިން ބައިވެރި ވެފައިވެއެވެ. ކުޅުންތެރިން ވާދަކުރި އުމުރުފުރާގެ ތެރޭގައި 7 އަހަރުން ދަށް، 8 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުނެ ދަށް، ޖޫނިއަރ އޯޕަން، މެންސް އޯޕަން، ވުމަންސް އޯޕަން، މިކްސްޑް ޑަބަލްސްގެ އިތުރުން 45 އަހަރުން މަތި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް