Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 16:39
ސަރުކާރުގެ ގިނަ އަދަދެއްގެ މީހުން ވަޒީފާ އަދާކުރަމުންދާ ވެލާނާގެ
ސަރުކާރުގެ ގިނަ އަދަދެއްގެ މީހުން ވަޒީފާ އަދާކުރަމުންދާ ވެލާނާގެ
މުހައްމަދު ޝަރުހާން
ފިނޭންސް މިނިސްޓްރީ
ކުންފުނިތަކުގެ އެމްޑީއިންގެ މުސާރައާއި އިނާޔަތްތައް ޓާގެޓަށް ހާސިލްވާ މިންވަރަށް ބެލުމަށް ފަހު ދޭން ނިންމަނީ
ކުންފުނިން ކަނޑައަޅާ ޓާގެޓް މާދަމާގެ ކުރިން ހުށައަޅަން ޖެހޭ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތައް ޓާގެޓަށް ހާސިލްވާ މިންވަރަށް ބެލުމަށް ފަހު ދޭން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ. 

އެމިނިސްޓްރީން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ  އެމްޑީއިންގެ މުސާރަ ކަނޑައެޅޭނީ އެކުންފުނިން ކަނޑައަޅާ ޓާގެޓަށް ހާސިލްވާ މިންވަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ކުންފުނިން ކަނޑައަޅާ ޓާގެޓް އަންގާރަ ދުވަހުގެ(މާދަމާ)ހުރިން  ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށައެޅުމަށް ވަނީ އަންގާފައެވެ. 

 ޓާގެޓް ހާސިލްކުރެވޭ މިންވަރަށް ބެލުމަށް ފަހު މެނޭޖިން ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނެވޭނެ ކަމަށް އެ ސަރކިއުލާގައި ވަނީ ބުނެފައެވެ. 

ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް  ގެންދާނީ 6 ޖުލައި 2017ގައި  ޕްރައިވަޓައިޒޭޝަން ބޯޑުން  ކަނޑައަޅާފައިވާ ކަރުދާހުގައި ހިމެނޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް