ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 16:36
ރަޔޯ އާއި މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން
ރަޔޯ އާއި މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން
ގޫގުލް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ : ރަޔޯއިން ރެއާލް ބަލިކޮށްފި
 
ރަޔޯ ވެލިކާނޯ މެޗު ކާމިޔާބުކުރީ ރެއާލް މެޑްރިޑްއާއި ވާދަކޮށް 0-1

ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗު ރެއާލް މެޑްރިޑް ބަލިކޮށް ރަޔޯ ވެލިކާނޯ ކާމިޔާބު ކޮށްފިއެވެ. 

ރަޔޯ ވެލިކާނޯ މެޗު ކާމިޔާބުކުރީ ރެއާލް މެޑްރިޑްއާއި ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ. 

ވެލިކާނޯގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރެއާލުން ރަނގަޅު ކުޅުމެއް ދައްކާ، ރަޔޯގެ ފަހަތަށް ބާރު ބޮޑުކޮށް ރެއާލުން ވަނީ ލީޑް ނެގުމަށް މަސައްކަތްތަކެއް ކޮށްފައެވެ. 

މެޗު ފެށިގެން ރެއާލުން ރަނގަޅު ފޯމެއްގައި އޮއްވާ ރަޔޯއިން ލީޑް ނެގީ، ރެއާލްގެ ޖީޒަސް ވަލޭއޯ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ގެންނެވެ. މި ޕެނަލްޓީ 23 ވަނަ މިނެޓުގައި ރަޔޯއަށް ކާމިޔާބު ކޮށްދިނީ އާޑްރީ އެމްބާރބާރއެވެ. 

ރަޔޯގެ ލަނޑަށް ފަހުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރެއާލްއަށް ލިބި ވަނީ ބޭކާރުވެފައެވެ. 

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ރަޔޯ ލީޑްގައި އޮވެގެންނެވެ. 

އާދިއްތަ ދުވަހު ކުޅުނު މެޗުގެ ދެވަނަ ހާފް ފެށިގެން ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ރެއާލްގެ ފަަހަތަށް ބާރު ބޮޑުކޮށް ލީޑް އިތުރަށް ފުޅާ ކުރުމަށް ރަޔޯއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. 

މި ހާފްގައިވެސް، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރެއާލްއަށް ލިބުނު ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި އެ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެއެވެ. 

މެޗަށް ފަހުގައި ރެއާލްގެ ކޯޗް ޒައިނުއްދިން ޒިދާން ބުނީ، ރެއާލްއިން އެއްވެސް ކަމެއް ނުކުރާ ކަމަށާއި، އެ ޓީމަށް ސީޒަން ނިމިއްޖެ ކަމަށެވެ. މެޗު ފެށިގެން ނަތީޖާ ނެރުމަށް ރެއާލް މަސައްކަތް ނުކުރި ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ޒިދާން ބުނީ، މި ހިސާބުން ދެން އެންމެ ރަނގަޅުވާނީ ސީޒަން ނިމުން ކަމަށެވެ. އަންނަ ސީޒަނަށް ރެއާލް ވަރުގަދަ ކުރުމަށް ޒިދާން އަންނަނީ މޮޅު ކުޅުންތެރިން ތަކެއް އެ ޓީމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. 

އާދިއްތަ ދުވަހުގެ މެޗުން ރެއާލް ބަލިވިއިރު، މި ސީޒަނުގައި ޒައިނުއްދިން ޒިދާން އެ ޓީމާއި އަލުން ހަވާލުވިފަހުން ސްޕެނިޝް ލީގުގައި ރެއާލުން ފަސްމެޗު މިހާތަނަށް ކުޅުނުއިރު، އޭގެތެރެއިން ދެ މެޗުން ރެއާލް އެއްވަރުވެ ދެ މެޗުން އެ ޓީމް ވަނީ މޮޅުވެފައެވެ. 

މި ނަތީޖާއާއެކު ރެއާލް ސްޕްނިޝް ލީގުގެ ތިން ވަނާގައި އޮތީ ބާސެލޯނާއަށް ވުރެން 12 ޕޮއިންޓް ފަހަތުގައި އޮވެގެންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް
ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ދޮގާއި ތެދު ހިމެނޭހެން މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނަވާ: ރައީސް
އަޑިނޭނގޭ އަނދަވަޅަކަށް ވެއްޓިފައިވާ ލުބުނާނުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް އީޔޫއިން އެހީވަނީ