ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 15:19
ޕީޕީއެމް ހިންގާ އިމާރާތް
ޕީޕީއެމް ހިންގާ އިމާރާތް
މުހައްމަދު ޝަރުހާން
ޕީޕީއެމް
ޕީޕީއެމަށް ދޭންޖެހޭ 8.4 މިލިއަން ރުފިޔާ ދައުލަތުގެ މުސާރަ ނިންމުމަށް ފަހު ދެނީ
ޕީޕީއެމް ވަނީ ދަރަނިވެރިވެފައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް  ދޭންޖެހޭ ފައިސާ  ދައުލަތުގެ މުސާރައާއި ރޯދަ އިނާޔަތް ދިނުމަށް ފަހު ދޭން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސުން އެޕާޓީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެ ފައިސާއަކީ 2018 ވަނަ އަހަރުގެ ޚަރަދެއް ކަމަށާއި އެ ޚަރަދު މިއަހަރުގެ ކޭޝްފްލޯ ފޯކާސްޓުގައި ހިމެނިފައި ނުވާ ކަމަށެވެ. އަދި މިއަހަރު ދައުލަތުގެ ކޭޝް ފްލޯގައި ހިމެނިފައި ނުވާ ޚަރަދަކަށް ވާތީ އެ ޕާޓީއަށް ފައިސާ ދޭންޖެހޭ އުސޫލު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ދޫކުރަން ހަމަޖެހިފައިވާ އެ ފައިސާ ދޫކުރާނީ މިމަހުގެ މުސާރައާއި ރަމަޟާން މަހުގެ އިނާޔަތްތައް ދައުލަތުގެ މުއައްޒަފުންނަށް ދީ ނިމުމަށް ފަހު ކަމަށް ޕީޕީއެމަށް ފިނޭންސުން ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހުނު ޕީޕީއެމް ވަނީ ދަރަނިވެރި ވެފައެވެ. އެގޮތުން ރިޔާސީ އިންތިޚާބުން ޕީޕީއެމުން ކޮށްފައިވާ ދަތުރުތަކަށް 3.8 މިލިއަން ރުފިޔާ ޚަރަދު ކުރިއިރު، އެފައިސާ ދެވޭނީ ޕާޓީއަށް އިލެކްޝަންސް ކަމިޝަނުން ދޭންޖެހޭ ފައިސާ ދޫކުރުމުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި އެޕާޓީގެ ފޯނު ބިލްތައް ނުދައްކައިގެން ރަސްމީ ފޯނުތައް ވަނީ ކަނޑާލާފައެވެ.

އެޕާޓީން ބުނެފައިވަނީ ދަރަނި ނުދެއްކިގެން އުޅެނީ އީސީއިން ދޭންޖެހޭ ފައިސާ ދޫނުކޮށްގެންނެވެ. 

ފިނޭންސުން ޕީޕީއެމްގެ ފައިސާ ދޫކުރަން ނިންމާފައިވާރު، ޕީޕީއެމް ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި އޮތުމުން، އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީއަށް ދޭންޖެހޭ ފައިސާ މީގެ ކުރިން ހިފަހައްޓާފައެވެ. އަދި މިމައްސަލަ ނިންމިއިރު ސުޕްރީމް ކޯޓުން ވަނީ އެ ފައިސާ ޕީޕީއެމްއަށް ދޫކުރުމަށް ހުކުމް ކޮށްފައެވެ.

 

- ކޮމެންޓް
29 އޭޕްރިލް 2019 | ހޯމަ 11:45
ވާވާ
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފެއިލްވުމުން ފެނިގެން ދިޔައީ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރަމުން ގެންދިޔަ ތަން މިއަދުވެސް މި ފެންނަނީ މަޖިލީސް އިންތިހާބުން ފެއިލްވުމުން ހަމަ އެގޮތަށް ކަންކަން ކުރަމުންދާތަން. ރައްޔިތުން ވިސްނަވާ އިޙްލާސްތެރި ނަމަ މިގޮތަށް ކަންކަން ކުރާނެބާ. -ނައިބްރައީސުންނަށް އެލަވަންސް ދިނުން -ފަޑިޔާރުންގެ މުސާރަ ބޮޑުކުރުން އަދި އެލަވަންސް ދިނުން -މަޖިލީސް މެމްބަރުންނަށް އެލަވަންސް ދިނުން -ރިސޯޓުތައް ނުހެދުމުން ޖޫރިމަނާ ކުރަންޖެހޭ އެއްބަސްވުންތަކުގެ މުއްދަތު އިތުރުކުރުން. - ތިޔަ މެމްބަރުން އިންތިހާބު ނުވުމަކީ އަޅުގަނޑުމެންގެ މައްސަލައެއް ނޫން. ރަގަޅު ޕްލޭނެއް ނެތީ ދާއިރާއަށް ބޭނުންވާ ކަންކަން ކޮށް ނުދެވުނީ މި ހިނގާ މަޖިލީހުގައި ކަންކަން ކުރެވުނީ ރަގަޅަށް ނޫންކަން ރައްޔިތުން ޤަަބޫލުކުރީ. ހިތާމައަކީ ބައެއް ދާއިރާތަކުން މެމްބަރުންނަށް 300 ވޯޓުވެސް ނުލިބޭކަން.
29 އޭޕްރިލް 2019 | ހޯމަ 11:07
Foshi
Miee ahuremen dhahkaavahaka vahaka khudhu ppm akahves mihaaru nege e parry hinganee kon baeh kameh ekamaku ehkala court un eothee hukum kohfa laaridhen mihen veema baeh meehun vakaruge court ey e kiyanee e ee hama haqqu nameh dhulathuge khazanagai hunanee rayyithunge faisaa e faisaa hithuhuri gothakah hithuhuribayakah dhen hukumeh nujehene