ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 12:18
ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު
ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު
ރާއްޖެއެމްވީ
މާލޭ ލީގު
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
 
ބޮޑު ޓީމެއް ބަލިކުރެވުމަކީވެސް އުނދަގޫ ކަމެއް ނޫން: ސޮބާ
 
ދެވަނަ މެޗަށްވެސް ނިކުންނާނީ ސީދާ ތިން ޕޮއިންޓަށް: ސޮބާ
 
ފުޓުބޯޅައިގައި ކާމިޔާބު ލިބޭނީ ނަމަކުން ނޫން: ސޮބާ

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ ކަމަށް ކްލަބް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

މާލޭ ލީގުގައި ވިކްޓްރީ ސްޕޯޓްސް އަތުން 0-1 ގެ ނަތީޖާއިން ގްރީން ސްޓްރީޓް މޮޅުވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސޮބާ ބުނީ ގްރީން ސްޓްރީޓްގެ ސައިޒް އެނގޭ ކަމަށާއި، އެހެން ނަމަވެސް ފުޓުބޯޅައިގައި ކާމިޔާބު ލިބޭނީ ނަމަކުން ނޫން ކަމަށެވެ. އެގޮތުން ސޮބާ ބުނީ ދަނޑު މަތީގައި މަސައްކަތްކޮށްފި ނަމަ ބޮޑު ޓީމެއް ބަލިކުރެވުމަކީވެސް އުނދަގޫ ކަމެއް ނޫން ކަމަށާއި، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

ސޮބާ ބުނީ ގްރީން ސްޓްރީޓް މެޗަށް ނިކުތީ ނަތީޖާއެއް ނެރުމަށް ކަމަށާއި، ރީތި ފުޓުބޯޅައެއް ކުޅުމަށް ނުވިސްނާ ކަމަށެވެ. އެގޮތުން ޓީމުން މަސައްކަތްކުރީ މަދުވެގެން އެއް ޕޮއިންޓް ހިފައިގެން ގެއަށް ދިއުމަށް ކަމަށެވެ.

ގްރީން ސްޓްރީޓްގެ ސައިޒުން ހަރުފަތަކަށްފަހު ހަރުފަތެއް ފަހަނައަޅައިދާނެކަން ފާހަގަކުރަމުން ސޮބާ ބުނީ ފުރަތަމަ މެޗަށްވެސް އެ ކްލަބުން ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، ދެވަނަ މެޗަށްވެސް އެޓީމު ނިކުންނާނީ ސީދާ ތިން ޕޮއިންޓް ހޯދަން ކަމަށެވެ.

މީގެއިތުރުން ސޮބާ ބުނީ ގްރީން ސްޓްރީޓްގައި މިވަގުތު ގިނައިން ތިބީ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ބޭނުން ނުވެގެން ދޫކޮށްލި ކުޅުންތެރިންތަކެއް ކަމަށާއި، އެހެންނަމަވެސް އެ ކުޅުންތެރިން ފުޓުބޯޅަގައި ކޮންމެ ނަތީޖާއެއްވެސް ނެރެވިދާނެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް