ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 11:53
ުދުބާއީ އޭޓީއެމް ފެއަރގެ ތެރެއިން
ުދުބާއީ އޭޓީއެމް ފެއަރގެ ތެރެއިން
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
''ދި ސަނީ ސައިޑް އޮފް ލައިފް'' މެދުއިރުމައްޗަށް!
މިފެއަރގައި 66 ކުންފުންޏަކުން 133 ބޭފުޅުން ވަނީ ބައިވެރިވެފައި

އެމްއެމްޕީއާރްސީގެ ފަރާތުން ދިވެހިރާއްޖެ މެދުއިރުމަތީގައި އިޝްތިހާރުކުރުމައްޓަކައި ދުބާއީގައި ހިނގަމުންދާ އަރަބިއަން ޓެރެވެލް މާރކެޓް (އޭޓީއެމް) ފެއަރގައި ބައިވެރިވެއްޖެއެވެ.

އޭޓީއެމްއަކީ މެދުއިރުމަތީގައި ހިންގާ އެންމެ ބޮޑު އެށް ފެއާރ އެވެ.

ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅުންގެ ގޮތުގައި ވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ. އެމްއެމްޕީއާރްސީއާ އެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 66 ކުންފުންޏަކުން 133 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ދިވެހިރާއްޖެ އިތުރަށް ޕްރޮމޯޓު ކުރުމަށްޓަކައި އެމްއެމްޕީއާރްސީ އިން ވަނީ "ޖާރނީ ޓުދަ ސަނީ ސައިޑް" ސިލްސިލާގެ ދެ ދުވަހުގެ ރޯޑްޝޯއެއް އިންތިޒާމުކޮށްފައި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އަބޫދާބީ އަދި ދުބާއީގައި 30 އޭޕްރީލް އަދި 2 މެއިގެ ނިޔަލަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ރޯޑްޝޯ ހިންގުމުގެ މައިގަނޑު މަޤުސަދަކީ މެދުއިރުމަތީގެ އޮޕަރޭޓަރުންނާއި ދިވެހިރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުވައިދީ ދިވެހިރާއްޖެ އިތުރަށް ޕުރޮމޯޓް ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.  

ރީޑް އެގްޒިބިޝަންގެ ފަރާތުން އިންތިޒާމު ކުރާ އޭޓީއެމް ފެއާރއަކީ ދުނިޔޭގެ އެކިކަންކޮޅުގެ 28,000 އަށް ވުރެ ގިނަ ފަތުރުވެރިކަމުގެ ޕުރޮޑަކްސް ދައްކާލެވޭ ފެއާރ އެކެވެ. އަދި މީގެ އިތުރުން އެކި ގައުމުތަކުގެ 39,000 އަށް ވުރެ ގިނަ އަދަދެއްގެ ފަތުރުވެރި ކަމުގެ އަދި ސަރުކާރުގެ އިސް ފަރާތްތައް ބައްދަލުވެ ގިނަ ގުނަ މަޝްވަރާތްތަކެއް ކުރިއަށްދާ ފެއާއެކެވެ.

ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގެ ހޯލުގައި ހަތަރު ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ފެއާރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް، މެދުއިރުމަތީގެ ފަތުރުވެރި ކަމުގެ އިސް ފަރާތްތަކާ ބައްދަލުކޮށް ދިވެހިރާއްޖެ އިތުރަށް ޕުރޮމޯޓުކުރުމަށް މަސަތްކަތްތައް ކުރެވިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅުން މެދުއިރުމަތީގެ ޓުއަރ އޮޕަރޭޓަރުން އަދި މީޑިއާތަކަށް ހާއްސަކޮށް 2 މޭ ވާ ބުރާސްފަތި ދުވަހު އޮބެރޮއި ދުބާއި ހޮޓެލްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުށް ވަނީ ހަމަޖެހިފައެވެ. 

ރާއްޖޭގެ ސްޑޭންޑް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ޤުދުރަތީ އެތައް މަންޒަރުތަކެއް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ރާއްޖެ، މެދުއިރު މަތީގައި މަޝްހޫރުވެފައިވާ މަންޒަރުތައް ހިމެނޭ ގޮތަށް ކަމަށްވާއިރު މިފެއަރގެ ތެރެއިން ދިވެހި ކާނާ  ރަހަބެލުމުގެ ފުރުސަތާއި، ދިވެހި ރާއްޖޭގެ ކަނޑު އަޑީގެ ގުދުރަތީ ރީތިކަން ވަރޗުއަލް ރިއަލިޓީ މެދުވެރިކޮށް ބަލާލުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މެދުއިރުމަތިން 2018 ވަނަ އަހަރު ނިމުނު  52,114 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަދި 2018 ޖެނުއަރީއިން މާރިޗް ގެ ނިޔަލަށް 12,810  ފަތުރުވެރިން ވަނީ  މެދުއިރުމަތީން  ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ 2017 އާއި އަޅައިބަލާއިރު ލިބުނު  7.7  ޕަސެންޓް ކުރިއެރުމެކެވެ. މެދުއިރުމަށްޗާކީ ރާއްޖެއަށް އެންމެ ގިނަ ފްލައިޓް އަންނަ އެއް ސަރަހައްދެވެ. އަދި މިގޮތުން  އޭޓީއެމްގައި ބައިވެރިވުމުގެ ސަބަބުން މި ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވާނެ ކަމަށް ލަފާކުރެވެއެވެ.

- ކޮމެންޓް