Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 10:15
އއ. ތޮއްޑޫ
އއ. ތޮއްޑޫ
ގޫގުލް
އއ. ތޮއްޑޫ
ތޮއްޑޫން ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ އިއުލާން އެސީސީން ބާތިލްކޮށްފި 
ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އެބަހުރި

އއ. ތޮއްޑޫން ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ކޮށްފައިވާ އިއުލާން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބާތިލްކޮށްފިއެވެ. 

އެސީސީން ބުނީ ތޮއްޑޫން ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނާ ގުޅިގެން ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ބިންތައް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން އެބަހުރި ކަމަށެވެ. އަދި މިކޮމިޝަނުން ބެލިބެލުމުގައި ބިން ކުއްޔަށްދިނުމަށް ކުރި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މާކްސްދޭނެ ގޮތްތަކުގައި ''މަސައްކަތް ކުރުމަށް މިހާރު ހޯދައިފައިވާ ތަކެއްޗަށް'' 30 މާކްސް ލިބޭނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމުން، މިހާރު ތަކެތި ހޯދާފައި ނެތް ނަމަވެސް މިފަދަ މަސައްކަތެއްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމަށް އޮތް ހުރަހެއް ކަމަށް ފެންނާތީ، މިކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ (ށ) ގައި ބުނެފައިވާ ފަދައިން ވަކިބަޔަކަށް ބައިވެރިވުން މަނާކުރާ ގޮތަށް ގޮތަށް އޮތް ކަމެއް ކަމަށް ފެންނާތީ ބިން ކުއްޔަށްދޫކުރުމަށް ޢާއްމުކޮށްފައިވާ އިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި ހާމަކަން ބޮޑު ވާދަވެރި އިގުތިސާދީ ގޮތުން އެންމެ ފައިދާހުރި ޒިންމާދާރު ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް