ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 10:13
ޕީއެސްއޯއީގެ ލީޑަރު އަދި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ އެ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް
ޕީއެސްއޯއީގެ ލީޑަރު އަދި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ އެ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް
އީޕީއޭ
ސްޕެއިންގެ އިންތިޚާބު
ސްޕެއިންގެ އިންތިޚާބު ސްޕެނިޝް ސޯޝަލިސްޓް ވަރކަރސް ޕާޓީން ކާމިޔާބުކޮށްފި
ކަނާތުފިޔައިގެ ބާރު ގަދަވަމުން އަންނަކަން އިންތިޚާބުން ވަނީ ފާހަގަވެގެން ގޮސްފައި

ސްޕެއިންގެ އާއްމު އިންތިޚާބުގައި ވެރިކަންކުރާ ސްޕެނިޝް ސޯޝަލިސްޓް ޕާޓީ (ޕީއެސްއޯއީ) 123 ގޮނޑި ހޯދައި އިންތިޚާބު ކާމިޔަބުކޮށްފިއެވެ.

ޕީއެސްއޯއީގެ ޒަމާންވީ ވާދަވެރި ޕީޕަލްސް ޕާޓީ (ޕީޕީ) އަށް އާދީއްތާ ދުވަހު ބޭއްވި އިންތިޚާބުގައި ލިބިފައި ވަނީ 66 ގޮނޑިއެވެ.

ވޯޓުގެ 30 އަކަށް އިންސައްތަ ކާމިޔާބު ކުރެވުމާ އެކު މެޑްރިޑްގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ޕީއެސްއޯއީގެ ލީޑަރު އަދި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ "މުސްތަގްބަލް ކާމިޔާބުކޮށްފި" ކަަމަށެވެ.

ޕީޕީގެ ލީޑަރު ޕަބްލޯ ކަސާޑޯ އާދީއްތަ ދުވަހު ހަވީރު ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކަނާތު ފިޔައިގެ މެދުމިނުގެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ކުރިޔަށް ގެންދާނެ ކަމަށެވެ.

ސިޓިޒެންސް ޕާޓީން 57 ގޮނޑި ހޯދާފައިވާއިރު މިއީ މީގެ ކުރިން އެ ޕާޓީގެ އަށް މަޖިލީހުގައި ލިބިފައި އޮތް އަދަދަށް ވުރެ 25 ގޮނޑި އިތުރު އަދަދެކެވެ.

ޕީއެސްއޯއީ އަށް އަޣުލަބިއްޔަތު ލިބުނު ނަމަވެސް ސަރުކާރެއް އެކުލާވާލެވޭ މިންވަރަށް ގޮނޑިތައް ކާމިޔާބުވެފައި ނުވާތީ ސަންޗޭޒް ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް އެހެން ޕާޓީތަކަށް ވަރަށް އަވަހަށް ހުޅުވާ ލައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 75 އިންސައްތަ ވަނީ ވޯޓްލާފައެވެ.

 

- ކޮމެންޓް