Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 12:04
މަންދު ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާގައި އިބްރާ ވާހަކަދައްކަވަނީ
މަންދު ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާގައި އިބްރާ ވާހަކަދައްކަވަނީ
މުހައްމަދު ޝަރުހާން
މަންދު ކޮލެޖް
ރާއްޖޭގެ ތައުލީމު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް: އިބްރާ
ގްރޭޑް 10 ނިންމާ ކުއްޖާ ގައިގައި މަތީ ތައުލީމް ހާސިލްކުރާ ފެންވަރެއް ނުހުރޭ

ދިވެހި ރާއްޖޭގެ ތައުލީމު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ކަމަށާއި ފާސް ގިނަވެ ތައުލީމުގެ ފެންވަރު ދަށަށް ގޮސް ދަރިވަރުންގެ ހުނަރާއި ވިސްނުން ކުރިއަރާ ތަން ނުފެންނަ ކަމަށް މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

މަންދު ކޮލެޖްގެ ގްރެޖުއޭޝަން ހަފްލާގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ ދިވެހި ރާއްޖޭގެ ދަރިވަރުން ޖިސްމާނީ ގޮތުން ބަލިކަށިވަނީ ނޫން ކަމަށާއި ދަރިވަރުންނަށް ޒަމާނާއި އެއްގޮތަށް ތައުލީމު ނުދެވެނީ ކަމަށެވެ. މިހާރު ގްރޭޑް 10 ނިންމާފައި މަތީ ތައުލީމު ހާސިލްކުރަން ވަންނަ ކުއްޖާގެ ގައިގައި މަތީ ތައުލީމް ހާސިލްކުރާ ފެންވަރު ނުހުންނަކަން ފާހަގަކޮށް އިބްރާ ވިދާޅުވީ ކިޔެވުމަކީ ހަމައެކަނި އެ ދައްކާ ސްލައިޑްގައި އޮންނަ އެއްޗެއް ހިތުދަސްކުރުން ނޫން ކަމަށާއި ކިޔަވައި ދޭ އެއްޗެއް ރަނަގަޅަށް އަޑުއަހައި އެކަންތަކާ މެދު އަމިއްލަޔަށް ރީސާރޗް ހަދަންޖެހޭ ކަމަށެވެ  ޒަމާނީ ކުރިއެރުމާ އެއް ގޮތަށް މިހާރު އެސައިންމެންޓް ހެދުން ވިޔަފާރިއަށްވެ، މުދައްރިސުން އެ އެސައިންމެންޓް ބަލައިގަނެ ދަރިވަރަށް އެއިން ނޭދެވޭ އަސަރުކުރާ ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ. 

މީގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ ބްލޮކް މޯޑްއަށް ކިޔަވައިދިނުމާއި ހަފްތާއަކުން މޮޑިއުލްއެއް ކިޔަވައިދިނުން ހުއްޓުވައިގެން ނޫނީ ރާއްޖޭގައި މުސްތަގްބަލެއް ނެތް ކަމަށާއި އެހެން ނޫނީ އެއީ ކޮލެޖަށް ފައިސާ ދެއްކީމައި ސެޓްފިކެޓް ވިއްކާލުން ކަހަލަ ކަމެއް ކަމަށެވެ. ސަރުކާރުން ވަރަށް ބޮޑު ހޭދައެއް މަތީ ތައުލީމަށް ހޭދަކުރަމުން ދާއިރު، އޭގެ ބޭނުން ނުހިފައިފި ނަމަ އެ ހުރިހާ ފައިސާތަކަކީ ކަނޑަށް އެޅިގެން ދާ އެއްޗެއް ކަމުގައިވާ ނަމަ އެއީ އެންމެންނަށް ވެސް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް އިބްރާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވަނީ މަންދު ކޮލެޖުން ހިންގި ތަފާތު ކޯސްތަކުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 އޭޕްރިލް 2019 | ހޯމަ 11:55
އެޓޮމް
އިބުރާއަކީ ސެޓްފިކެޓް ވިއްކާ އެކަކު