ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 09:08
އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ތެރެއިން
އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ތެރެއިން
ހޭންޑްބޯލް އެސޯސިއޭޝަން
އިންޓަރ ސްކޫލް ހޭންޑްބޯލް
އިންޓަރ ސްކޫލް ހޭންޑް ބޯލް: 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ނެގުމާ ގާތަށް ޖަމާލުއްދިން ޖެހިލައިފި
 
14 އަހަރުން ދަށުގެ ފިރިހެންބައިގެ ފައިނަލަށް ޖަމާލުއްދިން ދަތުރުކޮށްފި
 
14 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލަށް ޖަމާލުއްދިން ދަތުރުކޮށްފި

އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް ޖަމާލުއްދިން ސްކޫލްގެ އަންހެން ޓީމާއި ފިރިހެން ޓީމް ފައިނަލަށް ދަތުރުކޮށްފިއެވެ. 

ޖަމާލުއްދިން ސްކޫލްގެ 14 އަހަރުން ދަށުގެ ފިރިހެން ޓީމް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގައި 13- 21 ގެ ތަފާތު ބޮޑު ނަތީޖާ އަކުން އިސްކަންދަރު ސްކޫލް ބަލިކޮށްގެންނެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދިން ސްކޫލްގެ މުހައްމަދު ޔަޝްމު އަހުމަދެވެ. މުޅި މުބާރާތުގައިވެސް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. 

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އަމީނިއްޔާ ސްކޫލް އާއި ކަލާފާނު ސްކޫލް ވާދަކުރިއިރު، މި މެޗު 7-12 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަމީނިއްޔާ ސްކޫލްއިންނެވެ. މެޗުގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމީނިއްޔާ ސްކޫލް ފައިނަލަށް ގެންދިއުމުގައި މުހިއްމު ރޯލެއް ކުޅުނު ނަވާލް އަބްދުލް ހާދީއެވެ. 

14 އަހަރުން ދަށުގެ ފައިނަލުގައި ވާދަކުރާނީ ޖަމާލުއްދީން ސްކޫލް އާއި އަމީނިއްޔާ ސްކޫލްއެވެ.

މި އުމުރުފުރާގެ އަންހެން ބައިގެ ފައިނަލުން ޖަމާލުއްދިން ސްކޫލް ޖާގަ ހޯދީ ސެމީ ފައިނަލުގައި ކ.މާފުށީ ސްކޫލް އާއި ވާދަކޮށް 8-16 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލްގެ ފާތިމަތު ލީމް ބިންތު ޔާސިރްއެވެ. 

އަންހެން ބައިގެ ސެމީ ފައިނަލުގައި ޣާޒީ ސްކޫލްއާއި ކަލާފާނު ވާދަކުރި މެޗު 2-11ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޣާޒީ ސްކޫލުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޣާޒީ ސްކޫލްގެ ލައިޝާ އަހުމަދު ޝާހިދުއެވެ. 

މި ނަތީޖާ އާއި އެކު 14 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުގައި ވާދަކުރާނީ ޖަމާލުއްދީން ސްކޫލްއާއި ޣާޒީ ސްކޫލްއެވެ. 

މި މުބާރާތުގެ 16 އަހަރުން ދަށުގެ ސެމީ ފައިނަލުގެ މެޗުތައް ހޯމަ ދުވަހު، ނެޝަނަލް ހޭންޑްބޯލް ގްރައުންޑުގައި ކުޅުމަަށް ހަމަޖެހިފައި ވާއިރު، މި އުމުރުފުރާގެ ފިރިހެން ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އަމީނިއްޔާ ސްކޫލްއާއި ކ.މާފުށީ ސްކޫލްއެވެ. ދެވަނަ މެޗުގައި ވާދަ ކުރާނީ އިސްކަންދަރު ސްކޫލްއާއި ޣިޔާސުއްދިން އިންޓަރނޭޝަނަލް ސްކޫލްއެވެ. 

16 އަހަރުން ދަށުގެ އަންހެންބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކ.މާފުށީ ސްކޫލް އާއި ރެހެންދި ސްކޫލް ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ޣާޒީ ސްކޫލްއާއި ކ.ގުރައިދޫ ސްކޫލްއެވެ. 

ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ ހަވީރު 15:00 ގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް