ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 09:13
މެންޗެސްޓާރ ޔުނިޓެޑް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން
މެންޗެސްޓާރ ޔުނިޓެޑް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން
ގޫގުލް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޔުނައިޓެޑް މޮޅުވިޔަ ނުދީ ޗެލްސީން ހިފަހައްޓާލައިފި
 
ޔުނައިޓެޑް އާއި ޗެލްސީ ވާދަކުރި މެޗު ނިމުނީ 1-1

އިންގްލިޝް ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވިޔަނުދީ ޗެލްސީން ހިފަހައްޓާލައިފިއެވެ. 

ޔުނައިޓެޑް އާއި ޗެލްސީ ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. 

މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ އެ ޓީމުންނެވެ. އެ ގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ޔުނައިޓެޑްއިންނެވެ. 

މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 11 ވަަނަ މިނެޓުގައި ލޫކް ޝޯގެ އެހީތެރިކަމާއެކު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޖުއާން މަޓާއެވެ. 

ޗެލްސީގެ ތިން ކުޅުންތެރިން ގޯލް ކުރިމަތީ ތިއްބައި އެ ކުޅުންތެރިން ގައިން ނެއްޓުމަށްފަހު މަޓާ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެ، ޗެލްސީން ވަނީ ޔުނައިޓެޑްގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. 

ފުލުފުލުގައި ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ޗެލްސީން ހަމަލާތައް ފޮނުވާލުމުގެ ނަތީޖާ އަކަށްވީ މެޗުގެ 43 ވަނަ މިނެޓުގައި ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ މާރކޮސް އެލޮންސޯއެވެ. 

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. 

ދެ ވަނަ ހާފް ފެށިގެން ދެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލީޑްނެގުމަށް ގިނަ މަސައްކްތްތަކެއް ކުރި ނަމަވެސް ދެ ޓީމުގެ ޑިފެންޑަރުން ވަނީ ހަމަލާތައް ދިފާއުކޮށްފައެވެ. 

މި ނަތީޖާއާއިއެކު ދެ ޓީމް އެއްވަރު ވެފައި ވާއިރު، 2018 ވަނަ އަހަރުގައި ޕްރިމިއާ ލީގުގައި މި ދެ ޓީމު ކުޅުނު މެޗުވެސް ނިމުނީ އެއްވަރު ވެގެންނެވެ. ޕްރިމިއާ ލީގުގައި މި ދެ ޓީމު އެންމެ ފުރަތަމަ ކުޅެފައި ވަނީ 1992 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. އެ މެޗުވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. 

އާދިއްތަ ދުވަހުގެ މެޗުން މެންޗެސްޓަރ ޔުނައިޓެޑް ހޯދި އެއް ޕޮއިންޓާއެކު 36 މެޗުން ހޯދި 65 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައިގައި އެ ޓީމު އޮތްއިރު، ގަދަ ހަތަރެއްގައި އާސެނަލްއަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެން ޗެލްްސީ އޮތީ ކުޅުނު 36 މެޗުން ހޯދި 68 ޕޮއިންޓާއެކުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް