Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 10:08
ގުރުއާން ކިޔަވަނީ
ގުރުއާން ކިޔަވަނީ
މުހައްމަދު ޝަރުހާން
ގުރުއާން ކިޔަވަން ދަސްކޮށްދިނު
އެސްއެސްސީ އިމްތިހާނުގައި ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނަނީ
މާކްސް ދޭނީ އިންޓާނަލް އެސެސްމަންޓުން 60 އިންސައްތަ މާކްސް
40 އިންސައްތަ ނަގާނީ ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ޕްރޮޖެކްޓް އެސެސްމަންޓުން
އެސްއެސްސީ އިމްތިހާނުގައި މިހާތަނަށް ހަދަމުން އައީ ދިވެހި އަދި އިސްލާމް

އެސްއެސްސީ އިމްތިހާނުގައި ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނަން މިނިސްޓްރީން އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރުން ފެށިގެން އެސްއެސްސީ އިމްތިހާނުގައި ޤުރުއާން މާއްދާ ވަކިން ހިމަނާނެ ކަމަށެވެ.

އެ އިމްތިހާނުގައި ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހިމެނުމުގެ ސަބަބުން ޤުރުއާނަށް ދަރިވަރުން އަހުލުވެރިވެގެންދާނެ ކަމަށާއި ދަރިވަރުންނަށް މި މާއްދާ އުގަންނައިދިނުމަށް އިތުރަށް ސަމާލުކަން ދީ، މި އިލްމު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

އެސްއެސްސީ އިމްތިހާނުގައި މި މާއްދާއަށް މާކްސް ދޭނީ ސްކޫލުގެ އިންޓާނަލް އެސެސްމަންޓުން 60 އިންސައްތަ މާކްސް ބާކީ 40 އިންސައްތަ ނަގާނީ ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ޕްރޮޖެކްޓް އެސެސްމަންޓްތަކުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެސްއެސްސީ އިމްތިހާނުގައި މިހާތަނަށް ހަދަމުން އައީ ދިވެހި އަދި އިސްލާމް މި ދެ މާއްދާގެ އިމްތިހާނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް