ކ. މާލެ
|
28 އޭޕްރިލް 2019 | އާދީއްތަ 22:26
ސިޓީ އާއި ބާންލީ ވާދަކުރި މެޗުގެ ތެރެއިން
ސިޓީ އާއި ބާންލީ ވާދަކުރި މެޗުގެ ތެރެއިން
ގޫގުލް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: މެންޗެސްޓަރ ސިޓީ ލީގު ކާމިޔާބު ކުރުމާއި ގާތަށް
 
ސިޓީ މެޗު ކާމިޔާބުކުރީ ބާންލީ އާއި ވާދަކޮށް 0-1

އިންގްލިޝް ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީން ލީގު ކާމިޔާބު ކުރުމާއި ގާތަށް ޖެހިލައިފިއެވެ. 

ސިޓީ މެޗު ކާމިޔާބުކުރީ ބާންލީ އާއި ވާދަކޮށް 0-1 ގެ ނަތީޖާ އަކުންނެވެ. 

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ މެންޗެސްޓަރ ސިޓީންނެވެ. 

ފުރަތަމަ ހާފްގައި ސިޓީން ވަނީ ބާންލީގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެ ޓީމަށް ލިބި ވަނީ ބޭކާރުވެފައެވެ. 

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. 

ދެވަނަ ހާފް ފެށިގެން މެންޗެސްޓަރ ސިޓީގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރުމަށް އެ ޓީމުން ގިނަ މަސައްކަތް ތަކެއް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން  މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ. 

މި ނަތީޖާ އާއިއެކު ލީގު ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑަކާއިއެކު ސިޓީ އޮތީ 36 މެޗުން ހޯދި 92 ޕޮއިންޓާއެކުއެވެ. ދެވަނާގައި ލިވަޕޫލް އޮތީ ކުޅުނު 36 މެޗުން ހޯދި 91 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ބާންލީ އޮތީ ތާވަލުގެ 15 ވަނާގައި 36 މެޗުން ހޯދި 40 ޕޮއިންޓާއެކުއެވެ. 

އާދިއްތަ ދުވަހު ކުޅުނު މެޗުން ލެސިސްޓަރ ސިޓީ އަތުން ބަލިވެ ފަސްވަނާގައި އޮތް އާސެނަލްއަށް ވަނީ ގަދަ ހަތަރަކަށް އެރުމަށް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިވެފައެވެ. ހަމަ އެހެންމެ އާދިއްތަ ދުވަހު ކުޅޭ މެޗުގައި ވާދަ ކުރާ ޗެލްސީއާއި ޔުނައިޓެޑް ވާދަކުރާ މެޗު ދެ ޓީމަށް ވެސް ކާމިޔާބު ކުރަން މަޖުބޫރެވެ. މެޗުން ބަލިވެއްޖެނަމަ ގަދަ ހަތަރަކަށް އަރަން ލިބޭ ފުރުސަތު ޔުނައިޓެޑްއަށް ގެއްލޭއިރު، ޗެލްސީ މި މެޗުން ބަލިވެއްޖެނަމަ ޕޮއިންޓްގެ ގޮތުން ޔުނައިޓެޑްއާއި އެއްވަރު ވާނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް