ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 04:43
ގްރީން ސްޓްރީޓް އަދި ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން
ގްރީން ސްޓްރީޓް އަދި ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން
މުހައްމަދު ޝަރުހާން
މާލޭ ލީގު
މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި
 
ގްރީން ސްޓްރީޓުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު ރަޝީދު
 
ދެވަނަ ހާފްގައި ގްރީން ސްޓްރީޓްގެ ފަރާތުން ފެނިގެންދިޔައީ ލަސް ކުޅުމެއް
 
ގްރީން ސްޓްރީޓަކީ މި ސީޒަނަށް ދުރާލާ ތައްޔާރުވެގެން ނިކުތް ޓީމެއް

މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ކްލަބް ގްރީން ސްޓްރީޓުން ވަރުގަދަ ވިކްޓަރީ ސްޕޯޓްސް ކުލަބު ސިއްސުވާލައިފި އެވެ.

ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ މަދު ޒުވާން ގިނަ ކުޅުންތެރިންތަކާއެކު މި ސީޒަނުގައި މާލޭ ލީގަށް ނިކުތް ގްރީން ސްޓްރީޓުން ވިކްޓްރީ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ގްރީން ސްޓްރީޓުންނެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި ވިކްޓްރީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ.

އެގޮތުން 22 ވަނަ މިނެޓުގައި އަހުމަދު ރަޝީދު (އައްމަޑޭ) ކާމިޔާބުކޮށްދިން ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަށްފަހުވެސް ގްރީން ސްޓްރީޓުން ދިޔައީ ވިކްޓްރީގެ ގޯލަށް ނުރައްކާކުރަމުންނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވިކްޓްރީގެ މައްޗަށް ގްރީން ސްޓްރީޓް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ލަނޑު ޖަހަން ރަނގަޅު ފުރުސަތު ދެޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ.

އެގޮތުން ވިކްޓްރީގެ ރިލްވާން އަށް 52 ވަނަ މިނެޓުގައި ލިބުނު ފުރުސަތު ހިމެނެއެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ. މީގެއިތުރުންވެސް އޭނާ އަށް މެޗުގައި ނަތީޖާ ހަމަހަމަކުރުމަށްވެސް ހުސް ފުރުސަތެއް ވަނީ ލިބި ބޭކާރުވެފައެވެ.

މެޗުގެ ފަހު 10 މިނެޓު ތެރޭގައި ގްރީން ސްޓްރީޓްގެ ފަރާތުން ލަސް ކުޅުމެއް ފެނިގެންދިޔަ އިރު، އެޓީމުން ވަނީ ފަހަތަށް ޖެހި ވިކްޓްރީން އުފައްދަމުންދިޔަ ހަމަލާތައް ދިފާއުކޮށްފަ އެވެ.

މި ނަތީޖާއާއެކު ގްރީން ސްޓްރީޓް ވަނީ ކުޅުނު ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދާފައެވެ. ގްރީން ސްޓްރީޓަކީ މި ސީޒަނަށް ދުރާލާ ތައްޔާރުވެގެން ނިކުތް ޓީމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް