Advertisement
ކ. މާލެ
|
28 އޭޕްރިލް 2019 | އާދީއްތަ 18:26
މީޑިއާނެޓް ހުންނަ ސަރަހައްދު
މީޑިއާނެޓް ހުންނަ ސަރަހައްދު
މުހައްމަދު ޝަރުހާން
ކޭބަލް ޓީވީގެ ޚިދުމަތް
މީޑީއާނެޓްގެ ކޭބަލް ޓީވީގެ ޚިދުމަތް މެދުކެނޑިފައި އޮތުމަށް ފަހު މިހާރު އެ ޚިދުމަތް ދޭންފަށައިފި
މީޑިއާނެޓްގެ ޚިދުމަތް ބައެއް ސަރަހައްދު ތަކަށް މިހާރު ލިބޭނެ

މާލޭގެ އެކި ހިސާބު ތަކުން ކަރަންޓް ދާތީ މީޑިއާ ނެޓްގެ ކޭބަލް ޓީވީގެ ޚިދުމަތް ވަގުތީގޮތުން މެދު ކެނޑިފައި އޮތުމަށް ފަހު މިހާރު ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ

އެކުންފުނިން ބުނީ މީޑިއަނެޓްގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކުން ވަގުތީގޮތުން މެދު ކެނޑިފައިވަނީ މިއަދުގެ ވަގުތެއްގައި ސްޓެލްކޯއިން ކަރަންޓް ދިއުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އެކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކަށް މީޑިއާނެޓްގެ ޚިދުމަތް ލިބެމުންދާނެ ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ

މީގެ އިތުރުން އާދިއްތަ ދުވަހު މީޑިއާނެޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ  ކަރަންޓް ދިޔުމުގެ ސަބަބުން އެ ކުންފުނީގެ ހިދުމަތް މެދު ކެނޑިފައިވާ ކަމަށާއި، ވީހާ ވެސް އަވަހަށް އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުންދާ  މީޑިއާ ނެޓް ހުންނަ ހިސާބުގައި ކަރަންޓް ކެނޑިފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މީޑިއާ ނެޓަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ރީ ބްރޯޑްކާސްޓް ކުރަމުންދާ ދުނިޔޭގެ ވަރަށް ގިނަ ޓީވީ ޗެނަލްތަކުގެ ހިދްމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް