ކ. މާލެ
|
28 އޭޕްރިލް 2019 | އާދީއްތަ 15:29
މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން
މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން
އުރީދޫ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސްގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް ނަޖީބް ޚާން!
ކުރިން އެމްޑީގެ މަގާމުގައި ހުންނެވި ޚާލިދް އިބްރާހީމް ވަނީ އިސްތިއުފާ ދެއްވާފައި

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން އައްޔަން ކޮށްފިއެވެ.

މި މަގާމަށް ނަޖީބް ޚާން އައްޔަން ކޮށްފައިވަނީ، ކުންފުނީގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޚާލިދް އިބްރާހީމް އ. އަލް-މަޙްމޫދު މަގާމުން ރިޓަޔަރކޮށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޚާލިދް އިބްރާހީމް އ. އަލް-މަޙްމޫދު ވަނީ  2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ޗެއަރމަންގެ މަގާމް ފުރުއްވައި، ކުންފުންޏަށް ވަރަށް ގިނަ ކުރިއެރުމާއި ކާމިޔާބީތައް ހޯއްދަވައި ދެއްވާފައެވެ.

އެ މަނިކުފާނުގެ ޤާބިލް ލީޑަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް ވަނީ ޑިޖިޓަލައިޒޭޝަންގެ ރޮނގުން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށް ދިވެހި މުޖުތަމަޢުގެ ދިރިއުޅުން ފާގަތިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

އުރީދޫ މޯލްޑިވްސް އިން މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި އައްޔަން ކޮށްފައިވާ ނަޖީބް ޚާންއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައި، ޑިޖިޓަލައިޒޭޝަންގެ ރޮނގުން އިތުރު ކުރިއެރުންތައް ހޯއްދަވައި، ދިވެހި މުޖުތަމަޢުގެ ލާބަޔާ މަންފާއަށް  މަސައްކަތްކޮށް ދެއްވާނެކަން ޔަގީން ކުރާ ކަމަށް އެކުންފުނިން ބުންޏެވެ.

- ކޮމެންޓް