ލަންކާ އަށް ޓެރަރިސްޓް ހަމަލާ ދިން ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)ގެ ހަރަކާތްތައް ހިންގުން އެ ގައުމުގައި މަނާ ކޮށްފިއެވެ.
އެ ޖަމާއަތުގެ އިތުރުން ޖަމާއަތުއް މިއްލަތު އިބްރާހީމް (ޖޭއެމްއައި)ގެ ހަރަކާތްތައް ހިންގުން ވެސް ރައީސް މައިތިރިޕާލަ ސިރިސޭނަ ވަނީ މިރޭގެ ވަގުތެއްގައި މަނާކޮށްފައެވެ.
President Maithripala Sirisena, in terms of powers vested in him as the under Emergency Regulations No. 01 of 2019, has taken steps to ban the organizations National Thawheed Jammath (NTJ) and Jamathei Millathu Ibraheem (JMI) in Sri Lanka.
— PMD News (@PMDNewsGov) April 27, 2019
އެ މީހުން ހިންގަމުންދާ ހުރިހާ ހަރަކާތެއް ވަގުތުން ހުއްޓުމަށް ޖެހޭ ކަމަށް ލަންކާގެ ރައީސްގެ މީޑިއާ އިން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. އަދި ހަމައެއާ އެކު ހަރުކަށި އެހެން ޖަމާއަތްތަކުގެ ހަރަކާތްތައް ވެސް ހުއްޓުވާނެ ކަމަށް ވެސް މީޑިއާ އިން ބުންޏެވެ.
ހަށި ގޮއްވައިގެން ދިން ހަމަލާގައި ހިމެނޭ މީހުންނަކީ އެންޓީޖޭ ޖަމާއަތުގެ މީހުންނެވެ. އެ ޖަމާއަތުގެ ލީޑަރު ޒަހްރާން ހާޝިމް މަރުވެފައިވާ ކަމަށް ލަންކާގެ މިލިޓަރީ ވެރިޔާ ވަނީ ކަށަވަރުކޮށްދީފައެވެ. އެންޓީޖޭ ހަރަކާތްތައް ހުއްޓުވޭނެ ވަކި ގާނޫނެއް ނެތް ކަމަށް ހުކުރު ދުވަހު ސިރިސޭނަ ވަނީ ވިދާޅުވެފައެވެ.
ލަންކާގެ ސްރީލަންކަން ތައުހީދު ޖަމާއަތުން (އެސްއެލްޓީޖޭ)އިން ވަކިވެ އެންޓީޖޭ އުފައްދާފައި ވަނީ 2014 ވަނަ އަހަރު ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ކާތަންކުޑީގައެވެ. އެންޓީޖޭ އަށް ނިސްބަށްވާ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ވަރަށް ބާރަށް ކުރިޔަށް ގެންދަމުންނެވެ.