ކ. މާލެ
|
27 އޭޕްރިލް 2019 | ހޮނިހިރު 15:17
ލަންކާ އަށް ދިން ހަމަލާގައި މަރުވި މީހަކު ޖަނާޒާގައި ބަޔަކު ބައިވެރިވަނީ
ލަންކާ އަށް ދިން ހަމަލާގައި މަރުވި މީހަކު ޖަނާޒާގައި ބަޔަކު ބައިވެރިވަނީ
ބީޑީނިއުސް24
ލަންކާ އަށް ދިން ހަމަލާ
ލަންކާ ޓެރަރިސްޓް ހަމާލާ: އެންމެ ފަސް
 ކޮލަމްބޯ މުނިސިޕަލް ކައުންސިލަރު ވަނީ ހައްޔަރު ކޮށްފައި

ޓްރީންކޮމަލީ އިން މީހަކު ހައްޔަރު ކުރުން

ލަންކާ އަށް ދިން ބޮންގޮއްވާލުމުގެ ހަމަލާ ގުޅިގެން  ޓްރިންކޮމަލީ އިން މީހަކު ހައްޔަރު ކުރިކަން ލަންކާގެ އަސްކަރިއްޔާއިން ވަނީ ޔަގީން ކޮށްދީފައެވެ. އޭނާ ދުއްވި ސައިކަލު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގޯލް އިން ފަސް މީހަކު ހައްޔަރު ކުރުން

ގޯލް ޑިސްޓްރިކްޓްގެ ޕޮޑެއްލާގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ފަސް މީހަކު މިއަދު ހެނދުނު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންނާއި އަސްކަރިއްޔާއާ ގުޅިގެން ހިންގި އޮޕަރޭޝަން ގައި ހައްޔަރު ކުރި މީހުން އަތުން ކަނޑި ފެނިފައިވާ ކަމަށް ލަންކާގެ ނޫސް ތަކުން ރިޕޯޓް ކުރެއެވެ. އެ މީހުންނަކީ ދީނީ ހަރުކަށި ޖަމައަތްތަކާއި ގުޅުން އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އިސްލާމިކް މަދަރުސާތައް ބަންދު ކުރަން ގޮވާލުން

ލަންކާގައި ހިންގަމުންދާ އިސްލާމިކް މަދަރުސާތައް ބަންދު ކުރުމަށް ކުރީގެ ރައީސް ޗަންދްރިކާ ވަނީ ހޮނިހިރު ދުވަހު ގޮވައިލައްވާފައެވެ. އެކަމަނާ ވިދާޅުވީ، އެ ސްކޫލުތަކުން ކުދިންނަށް ދީނީ ހަރުކަށި ކަންކަން ކިޔަވައިދެމުންދާ ކަމަށެވެ. 

ކޮލަމްބޯ މުނިސިޕަލް ކައުންސިލަރު ހައްޔަރު ކުރުން

ސަރުކާރު ހިންގަމުންދާ ޔޫއެންޕީއަށް ނިސްބަށްވާ ކޮލަމްބޯގެ މުނިސިޕަލް ކައުންސިލަރު ނޫރައްދިން މުހައްމަދު ތާޖުއްދީން ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކުރި ސްލޭވް އައިލެންޑްގެ މިސްކިތަކުން ފެނުނު ތޫނު ހަތިޔާރުތަކާ ގުޅިގެންނެވެ.

ރިޝަދް ބަދުއްރީއްދީން އަށް ކުރެވޭ ތުހުމަތު ތައް އޭނާ ދޮގުކުރެއްވުން

ހަމަލާ ދިން މީހުންނާއި އޭނާއާ އޭނާގެ އާއިލާގެ އެއްވެސް ގުޅުމެއް ނޯއްނާނެ ކަމަށް އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރު ރިޝަދް ބަދުއްރުއްދީން ވަނީ މިއަދު ވިދާޅުވެފައެވެ.

އޭނާއާ ގުޅުމެއް އޮންނަ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވަމުން ރިޝަދް ވިދާޅުވީ، ހަމަލާގެ މޭސްތިރިޔާ ޒަހްރާން ހާޝިމީއާ އެކު އެއްވެސް އިރެއްގައި އެއްވެސް ކަހަލަ ގުޅުމެއް ބާއްވާފައި ނުވާނެ ކަމަށެވެ.  

ވެއްލަވައްތައިގެ އޮޓޯއެއްގެ ތެރެއިން ބޮން ގޮއްވަން ގެންގުޅޭ ޒާތު އެއްޗެހި ފެނުން

ވެއްލަވައްތަގެ ރެއިލް ސްޓޭޝަން ކައިރި އޮތް އޮޓޯއެއްގެ ތެރެއިން ގޮވާ ޒާތުގެ ތަކެތި ފުލުހުން ވަނީ މިއަދު ހޯދާފައެވެ. އެއާއި ގުޅިގެން ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.  

ސްކޫލު ތަކާއި ޔުނިވާސިޓީ ތައް އަންނަ މަހު ހައެއްގައި ހުޅުވަނީ  

ސްކޫލުތަކާއި ޔުނިވާސިޓީ ތައް މޭ މަހުގެ ހަވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް ލަންކާގެ ރައީސްގެ މީޑިއާ ޑިވިޝަނުން ހާމަކޮށްފިއެވެ. މި ނިންމުން އައިސްފައިވަނީ އިއްޔެ ބޭއްވި ނެޝަނަލް ސެކިއުރިޓީގެ ބައްދަލުވުމަށް ފަހުއެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް މައިތިރިޕާލަ ސިރިސޭނައެވެ.  

ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކާއި ދެކޮޅަށް ބޮޑު އަދަބެއް ދެނީ

އާއްމުންގެ ތެރޭގައި ހާސްކަން އުފެދޭ ގޮތަށް ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކަށް ތިން އަހަރާއި ފަސް އަހަރުގެ ޖަލުގެ ހުކުމެއް އަންނާނެ ކަމަށް ނެޝަނަލް މީޑިއާ ސެންޓަރުން ވަނީ މިއަދު ބުނެފައެވެ. ވެބްސައިޓް ތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން ކުރާ ފަރާތްތަކުން އާއްމުންނަށް އޮޅުން އަރާ ގޮތަށް މައުލޫމާތު ނުފެތުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކާފިޔު ހިންގުން

މިރޭ 10 އިން ފެށިގެން ހެނދުނު ހަތަރަކާއި ހަމަޔަށް ކާފިޔު ވަނީ މިއަދު އިއުލާންކޮށްފައި. ކުއްލި ނުރައްކަލުގެ ހާލަތުވެސް އޮތީ އިއުލާން ކޮށްފައެވެ.

- ކޮމެންޓް