ކ. މާލެ
|
27 އޭޕްރިލް 2019 | ހޮނިހިރު 13:45
ލިވަޕޫލްއާއި ހަޑްސްފީލްޑް ވާދަކުރި މެޗުގެ ތެރެއިން
ލިވަޕޫލްއާއި ހަޑްސްފީލްޑް ވާދަކުރި މެޗުގެ ތެރެއިން
ގޫގުލް
ޕްރިމިއާ ލީގު
ޕްރިމިއާލީގު: ލިވަޕޫލް އަނެއްކާވެސް ތާވަލުގެ އެއްވަނައަށް
 
ލިވަޕޫލް މެޗު ކާމިޔާބުކުރީ ހަޑްސްފީލްޑް ޓައުންއާއި ވާދަކޮށް 0-5

އިންގްލިޝް ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗު ބޮޑު ތަފާތަކުން ހަޑްސަން ފީލްޑް ބަލިކޮށް ލިވަޕޫލް އަނެއްކާ ވެސް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ. 

ލިވަޕޫލް މެޗު ކާމިޔާބުކުރީ ހަޑްސްފީލްޑް ޓައުންއާއި ވާދަކޮށް 0-5 ގެ ނަތީޖާއަކުންނެވެ. 

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު ފެށިގެން ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނީ އެ ޓީމުންނެވެ. އެގޮތުން އެ ޓީމުން މެޗު ފެށީ ވެސް ލަނޑަކާއެކުއެވެ. 

މެޗު ފެށިގެން މެޗުގެ އެއްވަނަ މިނެޓުގައި ލިވަޕޫލްއަށް ލީޑް ނަގައިދިނީ ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހްގެ އެހީތެރިކަމާއެކު ނަބީ ކެއިތާއެވެ. މިއީ ލިވަޕޫލްއަށް ސަލާ ކުޅެދިން 100 ވަނަ މެޗެވެ. އަދި އޭނާގެ އެހީތެރިކަމާއެކު މިހާތަނަށް 24 ލަނޑު އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. 

މެޗުގައި ލިވަޕޫލުންވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާ ހަޑްސްފީލްޑް ޓައުންގެ ގޯލާއި އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ލިވަޕޫލްއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔަބުކޮށް ލީޑް ފުޅާކޮށްފައެވެ. މި ލަނޑު އެންޑްރޫ ރޮބާރޓްސަންގެ އެހީތެރިކަމާއެކު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސާޑިއޯ މޭންއެވެ. 

ލިވަޕޫލްގެ ދެވަނަ ލަނޑަށް ފަހުގައި ވެސް އެ ޓީމުން ވަނީ ހަޑްސްފީލްޑް ޓައުންގެ ފަހަތަށް ބާރުބޮޑުކޮށް ފުލުފުގައި ހަމަލާތައް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ދެ މިނެޓުގެ ބޭނުންހިފައި ޓްރެންޓް އެލެގްސެންޑާރ އާރނޯލްޑްގެ އެހީތެރިކަމާއެކު މުހައްމަދު ސަލާހް ވަނީ ލިވަޕޫލްއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑް އިތުރަށް ފުޅާ ކޮށްދީފައެވެ. 

ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއަކުން ލިވަޕޫލް ލީޑްގައި އޮވެގެންނެވެ. 

ދެވަނަ ހާފް ހަޑްސްފީލްޑް ޓައުންއިން ނަތީޖާގެ ފަރަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވެފައެއް ނުވެއެވެ. 

މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އިންގްލެންޑްގެ މިޑްފީލްޑަރު އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ވަނީ ސީޒަނުގައި ފުރަތަމަ ފަހަރަށް ރޭގެ މެޗުގައި ކުޅެފަ އެވެ.

ލިވަޕޫލްގެ ހަތަރުވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޯރޑަން ހެންޑްރެސަންގެ އެހީތެރިކަމާއެކު ސާޑިއޯ މޭންއެވެ. މި މެޗުގައި ސާޑިއޯ މޭންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެެވެ. 

މެޗުގެ 83 ވަނަ މިނެޓުގައި ލިވަޕޫލްގެ ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެންޑްރޫ ރޮބާރޓްސަންގެ އެހީތެރި ކަމާއެކު މުހައްމަދު ސަލާހްއެވެ. ސަލާހް ވަނީ 2018 ވަނަ އަހަރުގައްޔާއި 2019 ވަނަ އަހަރު ރަންބޫޓު ހާސިލް ކޮށްފައެވެ. 

މި ނަތީޖާއާއިއެކު ލިވަޕޫލް ތާވަލުގެ އެއްވަނައަށް ޖެހިލާފައިވަނީ މެންޗެސްޓަރ ސިޓީއަށް ވުރެން އެއްމެޗު އިތުރަށް ކުޅެގެން 36 މެޗުން ހޯދި 91 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނާގައި ސިޓީ އޮތީ ކުޅުނު 35 މެޗުން ހޯދި 89 ޕޮއިންޓާއެކުއެވެ. 

މެންޗެސްޓަރ ސިޓީއާއި ޔުނައިޓެޑް ވާދަކުރި މެޗު ކާމިޔާބުކޮށް ސިޓީން ވަނީ ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު ހޯދާފައެވެ. އެހެންކަމުން ލިވަޕޫލް ކޮންމެ ގޮތަކަށް ނަތީޖާ ނެރުން ނަމަވެސް ލީގުގައި ބާކީ އޮތް ތިން މެޗު ކާމިޔާބު ކޮށްގެން ސިޓީއަށް ލީގު ކާމިޔާބު ކުރެވޭނެެއެވެ. 

މެންޗެސްޓަރ ސިޓީއާއި ލިވަޕޫލްގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ނޭވާ ހިފަހައްޓާލަން ޖެހިފައި ވާއިރު، ލިވަޕޫލްގެ ކޯޗް ހުކުރު ދުވަހުގެ މެޗަށް ފަހުގައި ބުނެފައި ވަނީ ސިޓީ އަތުން ޕޮއިންޓެއް ގެއްލިގެން ނޫނީ ލީގު ކާމިޔާބު ކުރެވެން ނެތް ނަމަވެސް އެކަމަށް އިންތިޒާރު ކޮށްގެން ތިބެވެން ނެތް ކަމަށާއި، އަމިއްލަ ބާރުގައި ހުރި ކަންކަމަށް އިސްކަންދީ ލީގު ކާމިޔާބުކުރަން، ކުރަންޖެހޭ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް