ކ. މާލެ
|
27 އޭޕްރިލް 2019 | ހޮނިހިރު 07:26
އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާތަކުގައި ގެއްލުން ލިބުނު އެއް ހޮޓާ ކަމަށްވާ ކިންގްސްބަރީ
އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާތަކުގައި ގެއްލުން ލިބުނު އެއް ހޮޓާ ކަމަށްވާ ކިންގްސްބަރީ
ޑޯން
ލަންކާގެ ބޮމުގެ ހަމަލާތައް
ލަންކާގެ ޓޫރިޒަމަށް 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް
މަތީ ފަންތީގެ ތިން ހޮޓަލަކަށް ހަމަލާތައް އަމާޒުވި

އޭޕްރީލް 21 ވަނަ ދުވަހު ސްރީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ފަތުވެރިން ޒިޔާރަތްކުރާ މިންވަރު 30 އިންސައްތަ ދަށްވެ، 1.5 ބިލިއަން ޑޮލަރުގެ ގެއްލުމުގެ އިގްތިސޯދަށް ލިބިދާނެ ކަމަށް އެ ގައުމުުގެ ފައިނޭންސް މިނިސްޓަރ މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެއެވެ.

"[ބޮމުގެ ހަމަލާތަކުގެ ސަބަބުން] އެންމެ އަސަރުކުރާނީ ފަތުރުވެރިކަމަށް" ރިޕޯޓަރުންނަށް ސަމަރަވީރާ ވިދާޅުވިއެވެ

"އަޅުގަނޑުމެން ލަފާކުރަނީ އަންނަ މީހުންގެ އަދަދު 30 އިންސައްތަ ދަށަށް ދާނެކަމަށް. އޭގެ މާނައަކީ ފޮރިން އެކްސްޗޭންޖަށް ބަލާއިރު 1.5 ބިލިއަން ޑޮލަރުގެ ގެއްލުން،"

ސަމަރަވީރާ ވިދާޅުވީ ހަމަލާ ސަބަބުން އިގްތިސޯދު ވެއްޓިގެން ދިޔަ އަޑިގަނޑުން އަރައިގަތުމަށް ދެ އަހަރު ނަގާނެކަމަށެވެ.

ލަންކާގައި ދީފައިވާ މި ހަމަލާ އަމާޒުކޮށްފައިވަނީ ޓޫރިސްޓް ތިން ހޮޓަލަކަށާއި ތިން ކްރިސްޓިއަނުންގެ ތިން ފައްޅިއަކަށެވެ.

އެކުއެކީގައި ދިން ހަމަލާތައް ފުރަތަމަ އަމާޒުވި ހޮޓާތަކުގެ ތެރޭގައި ޝަންގްރީލާގެ އިތުރުން ކިންގްސްބަރީ އާއި ސިނަމަން ހިމެނެއެވެ.

މީގެ އިތުރުން އެ ވަގުތުގައި ދިން ހަމަލާތައް ދެން އަމާޒުވެފައިވަނީ ނިގަމްބޯއާއި، ބަޓިކަލޯއާ އަދި ކޮލަމްބޯގެ ކޮއްޗިކަޑައިގެ ތިން ފައްޅިއަކަށެވެ. 

އޭގެ ފަހުންވެސް އިތުރު ތަންތަނަށް ހަމަލާ ދީފައިވެއެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 253 އަށް އަރައެވެ.

- ކޮމެންޓް