ލަންކާ އަށް ދިންް ބޮން ގޮއްވުމުގެ ހަމަލާއާ ގުޅިގެންް ގެތައް ފާާސްކުރުމުގެެ ބޮޑު އޮޕަރޭޝަނެއް ފަށައި ހުރިހާ ގެއެއް ފާސް ކުރަން ހަމަޖެހިއްޖެއެވެ.
ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަގެ މީޑިއާ ޑިވިޝަނުން ކުރި ޓްވީޓެއްގައި ސިިރިސޭނައާ ހަވާލާދީ ބުނީ، އެންމެެ ގެެއެެއްވެސް ދޫނުކޮށް ހުރިހާ ގެއެއް ޗެކްކުރަންް ހަމަޖެހިފައިވާާ ކަމަށެވެ.
“Major search operation has been undertaken. Every household in the country will be checked. The lists of permanent residents of every house will be established to ensure no unknown persons could live anywhere,” - President @MaithripalaS https://t.co/okyBG2Dus6
— PMD News (@PMDNewsGov) April 26, 2019
ސިރިސޭނަ ވިދާޅުވީ ހަމަލާ ދިން ޖަމާއަތުގެ މީހުން 2015 ވަނަ އަހަރުން ފެށިގެން އެހެން ގައުމުތަކުގެ ޖަމާއަތްތަކާއި ގުޅުން ބާއްވަމުން އަންނަ ކަމުުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މީހުންނާ ދެކޮޅަށް އެކަށީގެންވާވަރަށް ހެކިތައް ލިބިފައި ނުވާ ކަމަށެވެ.
ހުކުރު ދުވަހު ހެނދުނު މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިރިސޭނަ އިތުރަށް ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހު ސްރީލަންކާގެ ފައްޅިތަކާއި، ހޮޓާތަކަށް ދިން ހަމަލާގެ ޒިންމާ އެ ގައުމުގެ ސަރުކާރުން ނަގަން ޖެހޭ ކަމަށާއި، އެފަދަ ހަމަލާއެއް ދިމާވާން މެދުވެރިވީ އެ ގައުމުގެ އިންޓެލިޖެންސްގެ އިދާރާ ބަލިކަށިވުމުން ކަމަށެވެ.