ކ. މާލެ
|
26 އޭޕްރިލް 2019 | ހުކުރު 11:26
\'\'ރަށު މާކެޓް\'\'ގެ ގޮޅިތަކަށް ފޯމު ހުށައަޅަން ބަޔަކު ކިޔުގައި ޖެހިގެން
''ރަށު މާކެޓް''ގެ ގޮޅިތަކަށް ފޯމު ހުށައަޅަން ބަޔަކު ކިޔުގައި ޖެހިގެން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ރަށު މާރުކޭޓް
''ރަށު މާރުކޭޓް''ގެ ގޮޅިތަކަށް 871 ފަރާތަކުން ކުރިމަތިލާފައިވޭ: އެޗްޑީސީ
ގުރު ނެގުން އޮންނާނީ ހޮނިހިރު ދުވަހު 09:00 ގައި

ހުޅުމާލެ ފެރީ ޓާމިނަލްގެ ހުޅަނގު ފަރާތު ސަރަހައްދުގައި ގާއިމް ކޮށްފައިވާ ''ރަށު މާރުކޭޓް'' ގެ ގޮޅިތަކަށް 871 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.

''ރަށު މާރުކޭޓް'' އަކީ ހުޅުމާލޭ އަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކަބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯދަ މަހުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮ އަގުގައި އެއްތަނަކުން ލިބޭ ގޮތަށް ގާއިމް ކޮށްފައިވާ މާކެޓެކެވެ.

އެޗްޑީސީން ބުނީ، ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 871 ފަރާތުން ފޯމް ހުށައަޅާފައިވާ ކަމަށެވެ. އެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ބުރާސްފަތި ދުވަހުގެ 15:00 ހަމައަށެވެ.

ރަށު މާކެޓުން ގޮޅި ހިފުމަށް އެދި ހުށައެޅި އަމިއްލަ ފަރާތްތަކުގެ އިތުރުން މިހާރުވެސް ވިޔަފާރިތައް ހިންގަމުންދާ ފަރާތުގެ ލިސްޓު އެޗްޑީސީން ވަނީ އާއްމުކޮށްފައެވެ.  

ގޮޅިތަކަށް ގުރު ނެގުން އޮންނާނީ، ހޮނިހިރު ދުވަހު 09:00 އިން 15:00 ހުޅުމާލެ، ހުރަވީ ސްކޫލުގައި ކަމަށް އެޗްޑީސީން ބުންޏެވެ.  

''ރަށު މާރުކޭޓް'' ގޮޅިއެއް -- ފޮޓޯ: ރާއްޖެ.އެމްވީ

މޭވާ އާއި ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތައް (ޑްރައި ސްޓޯލް) ތަކަށް ބޮޑު މިނުގައި 69.45 އަކަފޫޓުގެ 37 ގޮޅި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި 69.45 އަކަފޫޓުގެ 20 ގޮޅި ޚާއްސަ ކޮށްފައިވަނީ ރޯމަހުގެ ބާވަތްތައް (ވެޓް ސްޓޯލް) ތަކަށެވެ.

އެޗްޑީސީން ބުނީ، މި މާރުކޭޓު ފަރުމާކުރެވިފައި ވަނީ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކުމަށް ޚާއްސަކުރެވިފައިވާ ގޮޅިތަކެއްގެ އިތުރުން، ރޯމަސް ވިއްކުމަށް ޚާއްސަ ކުރެވިފައިވާ ގޮޅިތަކެއް ހިމެނޭ ގޮތަށް ކަމަށެވެ. 

- ކޮމެންޓް