މިމަހުގެ 7 ގައި ފެށި އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަންގައި އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން (ސުޕަމާޓުން) އެތެރެކޮށް ވިއްކަމުންދާ ގިނައަދަދެއްގެ ބްރޭންޑްތަކުގެ ހޯލްސޭލް އަގުތައް ވެސް ހެޔޮކޮށްފިއެވެ. މިގޮތުން އެސްޓީއޯ ސުޕަމާރޓްގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ޗޮއިސް" ބްރޭންޑްގެ ބާސްމަތީ ހަނޑުލާއި ކައްކާތެލުގެ އަގުވަނީ ބޮޑުތަނުން ހެޔޮ ކޮށްފައެވެ. ހެޔޮ ކުރި އަގުތަކައް ބަލާއިރު، -/430 ރުފިޔާ އަށް ވިއްކި "ޗޮއިސް" ސިލްވާރ ބާސްމަތީ 1 ކިލޯގެ ކޭހެއް މިހާރު ވިއްކަނީ -/370 ރުފިޔާއަށް، އަދި -/500 ރުފިޔާ އަށް ވިއްކި "ޗޮއިސް" ގޯލްޑް ބާސްމަތީ 1 ކިލޯގެ ކޭސް -/450 ރުފިޔާ އަށް އަދި -/430 ރުފިޔާއަށް ވިއްކި 2 ކިލޯގެ ކޭހެއް މިހާރު ވިއްކަނީ -/400 ރުފިޔާއަށެވެ. އަދި "ޗޮއިސް" ބްރޭންޑްގެ ކޮލިޓީ ކައްކާތެލުގެ 1 ލީޓަރު، 2 ލީޓަރު، 5 ލީޓަރު އަދި 18 ލީޓަރުގެ ކޭހަކުން އެވްރެޖްކޮށް -/15 ރުފިޔާ އާއި -/30 ރުފިޔާގެ އަދަދަކުން އަގުހެޔޮ ކޮށްފައިވެއެވެ.
"ޗޮއިސް" ބްރޭންޑްގައި ހިމެނެނީ ކައްކާތެލާއި، ސަންފްލާވާ ތެލާއި، ބާސްމަތީ ހަންޑުލާއި، ޅަހަނޑުލުގެ އިތުރުން ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ އަގުހެޔޮ ޗޮއިސް ގެރިކިރު ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ. "ޗޮއިސް" ބްރޭންޑްގެ އިތުރުން ރޯދަމަހަށް ޚާއްސަކޮށް "އަލްނޫރް" ބްރޭންޑްގެ ހިކިކިރާއި، "ޖަދީދާ" ބްރޭންޑްގެ މާޖިރީން، "އަލްއައިން" ބްރޭންޑްގެ ޓޮމާޓޯޕޭސްޓް، "ފްރަގާޓާ" ބްރޭންޑްގެ އޯލިވްއޮއިލް، "އަންކާރާ" ބްރޭންޑްގެ ޕާސްޓާގެއިތުރުން ރޯދަވީއްލަން މިސްކިއްތަކަށް ރޯދަމަހު އެންމެގިނައިން ގެންދާ "އެލްސަބާ" ޖޫސް ވެސް އަގުހެޔޮ ކޮށްފައިވާނެކަމަށް ވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.
އެސްޓީއޯއިން މައުލޫމާތުދޭގޮތުގައި އަގުހެޔޮކުރެވުނު ހުރިހާ ބްރޭންޑް ތަކަކީވެސް ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގުބޫލު ކަމާއި އިތުބާރުލިބިފައިވާ ބްރޭންޑްތަކެއް ކަމަށާއި އަބަދުވެސް އެސްޓީއޯގެ އަމާޒަކީ ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދިނުން ކަމަށް ވީހިންދު އަގުހެޔޮކުރެވުނު މުދާ އެސްޓީއޯ ސުޕަމާރޓުގެ އިތުރުން އެސްޓީއޯ ރީޖަނަލް 05 ފިހާރައިން މާލެޔާ އެއްއަގެއްގައި ރައްޔަތުންނަށް ލިބިގެންދާނެއެވެ.
150،000 ރުފިޔާގެ އަގުހުރި އިނާމު ހުށަހެޅިފައިވާ އަދި 15،00 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކޮށްގެން ބައިވެރިވެވޭ މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ 01 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިއެކޭ އެއްގޮތަށް މިހާރު ވެސް އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން -/500 ރުފިޔާއިން މަތިން ކުރާވިޔަފާރި ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.