ކ. މާލެ
|
25 އޭޕްރިލް 2019 | ބުރާސްފަތި 17:17
މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން އުފާ ފާޅުޅުކުރަނީ
މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން އުފާ ފާޅުޅުކުރަނީ
ގޫގުލް
ޮްޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޔުނައިޓެޑް ބަލިކޮށް ސިޓީން ލީގު ކާމިޔާބުކުރުމާއި ގާތަށް
 
ބާކީ ތިން މެޗުން މޮޅުވެ ސިޓީ އަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތް
 
މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑްއާއި ވާދަކޮށް 0-2

އިނގިރޭސީ ޕްރިމިއާ ލީގުގައި ބުދަ ދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓަރ ސިޓީ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. 

މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑްއާއި ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ. 

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ސިޓީން ކުޅުނުއިރު، މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމުން ވަނީ ޔުނައިޓެޑްގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ހަމަ އެހެންމެ ޔުނައިޓެޑްއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. 

މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ސާޖިއޯ އަގުއެރީއަށް ލީޑް ނަގަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ޔުނައިޓެޑްގެ ގޯލުގެ ތިރީ ކަނާދިމާލުން ބޭރަށެވެ. މި ހާފްގައި ސިޓީގެ ގިނަ ހަމަލާތަށް ޔުނައިޓެޑްގެ ކީޕަރު ދިފާއު ކުރިއިރު، ސިޓީގެ ކީޕަރު ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ. 

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ. 

ދެވަނަ ހާފް ފެށިގެން މެންޗެސްޓަރ ސިޓީން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުގެ ލީޑް ނެގުމަށް ވަނީ ގިނަ މަސައްކަތްތަަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި އިލްކާއި ގުންޑުއާން ގެ އެހީތެރި ކަމާއެކު ބަރނާޑޯ ސިލްވާ ވަނީ އެ ޓީމަށް ލީޑް ނަގައިދީފައެވެ. 

ސިޓީގެ ފުރަތަމަ ލަނޑަށް ފަހު އެ ޓީމުން ވަނީ ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ސިޓީއަށް ލީޑް އިތުރަށް ފުޅާ ކޮށްދިނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިންގެ އެހީތެރި ކަމާއެކު ލެރޯއީ ސޭންއެވެ. 

ދެވަނަ ހާފްގައި ނަތީޖާ ނެރުމަށް ޔުނައިޓެޑްއަށް ރަނގަޅު ފުރުސަތަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. 

މި ނަތީޖާއާއިއެކު ލީގު ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑަކާއިއެކު ސީޓީ އޮތްއިރު، ބާކީ ތިން މެޗުން މޮޅުވެ ސިޓީ އަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. މި މެޗުން ސިޓީ ބަލިވިނަމަ، ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު އޮންނާނީ ލިވަޕޫލްއަށެވެ. 

މެޗުން ބަލިވި ޔުނައިޓެޑަށް މި ނަތީޖާއާއިއެކު ގަދަ ހަތަރަކަށް އެރުމަށް އަނެއްކާ ވެސް ދަތިތަކާއި ކުރިމަތިވެފައި ވާއިރު، އެންމެފަހުން ޔުނައިޓެޑް ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމު ބަލިވި މިއީ ހަތްވަނަ މެޗެވެ. 

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ ކުޅުނު 35 މެޗުން ހޯދި 89 ޕޮއިންޓާއެކުއެވެ. ދެވަނާގައި ލިވަޕޫލް އޮތީ 35 މެޗުން ހޯދި 88 ޕޮއިންޓާއެކުއެވެ. ތިންވަނާގައި ޓޮޓަންހަމް 35 މެޗުން ހޯދި 70 ޕޮއިންޓާއެކު އޮތްއިރު، ހަތަރުވަނާގައި ޗެލްސީ އޮތީ 35 މެޗުން ހޯދި 67 ޕޮއިންޓާއެކުއެވެ. އާސެނަލް ތާވަލުގެ ފަސްވަނާގައި އޮތީ 35 މެޗުން ހޯދި 66 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޔުނައިޓެޑަށް 35 މެޗުން ހޯދިފައިވަނީ 64 ޕޮއިންޓެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް