ކ. މާލެ
|
24 އޭޕްރިލް 2019 | ބުދަ 19:21
ސާފިންގް މުބާރާތުގެ ސްޕޮންސަރުން
ސާފިންގް މުބާރާތުގެ ސްޕޮންސަރުން
މޯލްޑީވްސް ސާރފިންގް އެސޯސިއޭޝަން
ސަރފިންގް އެސޯސިއޭޝަން
އަހަރުތަކަކަށްފަހު ރާޅާއެޅުމުގެ މުބާރާތެއް ބާއްވަނީ!
 
މި މުބާރާތުގެ ޕާރޓނަރ ސްޕޮންސަރުންނަކީ ސީ ގިއަރ އަ ދި ދިރާގް
 
މި މުބާރާތުގެ ކޯ ސްޕޮންސަރަކީ ލިޒީ
 
މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސީ ސްޕޯރޓްސް

ގިނަ އަހަރުތަކެއްގެ މެދު ކެންޑުމަކަށްފަހުގައި ރާޅާއެޅުމުގެ މުބާރާތެއް ބާއްވަން ސާފިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެއެވެ.

މި މުބާރާތަކީ، މާލޭ އިރުމަތީ ފަރާތު ވަރުނުލާ ރާޅުގަނޑު، ބުރިޖު އެޅުމައްޓަކައި ބަންދު ކުރުމުގެ ސަބަބުން ރާޅާއެޅުމުގެ މުބާރާތެއް ނުބާއްވޭތާ 5 އަހަރު ފަހުން ބޭއްވާ ފުރަތަމަ މުބާރާތެވެ.
މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތު އިއްޔެގެ (23-04-2019) ނިޔަލަށް ހަމަވިއިރު، މުބާރާތުގައި 2 ޑިވިޝަނަކަށް ވާދަކުރުމަށް 44 ރާޅާއެޅުންތެރިން ވަނީ ރެޖިސްޓަރ ވެފައިވެއެވެ. އެއީ ޝޯރޓްބޯރޑް ޑިވިޝަންގައި 23 ރާޅާއެޅުންތެރިން އަދި ބޮޑީ ބޯރޑިން ޑިވިޝަންގައި 21 ރާޅާއެޅުންތެރިންނެވެ.

ވަރުނުލާ ރާޅުގަނޑު ގައި ކުރިއަށްދާ މި މުބާރާތުގެ ސޮޕްންސަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން ރޭގައި (23-04-2019) ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސީ ސްޕޯރޓްސްއެވެ. ކޯ ސްޕޮންސަރަކީ ލިޒީއެވެ. އަދި ޕާރޓނަރ ސްޕޮންސަރުންނަކީ ސީ ގިއަރ އަ ދި ދިރާގެވެ.

މި މުބާރާތުގައި ރާއްޖޭގެ އެކި ރަށްރަށުން ރާޅާއެޅުންތެރިން ވަނީ ބައިވެރިވެފައި، އެގޮތުން ފުވައްމުލަކާއި ލާމު އަތޮޅުން ގިނަ އަދަދެއްގެ އެތުލީޓުން މުބާރާތުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. ރައްރަށުގައި ތިބި ރާޅާއެޅުންތެރިން ކުރިއަރުވައި، އެ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމަކީ މޯލްޑިވްސް ސާރފިންގ އެސޯސިއޭޝާނުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.

މޯލްޑިވްސް ސާރފިންގް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަލީ އަހުސަން ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވީ، 2001 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުން ފެށުމުގެ ގޮތުން ރާޅާއެޅުމުގެ މުބާރަތް ބާއްވަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް ބުރިޖު އެޅުމުގެ މަސައްކަތަށް ރާޅުގަނޑު ސަރަހައްދު ބަންދުކުރުމާއި ގުޅިގެން އެއްވެސް މުބާރާތެއްވެސް އަދި ބައިނަލްއަގުވާމީ މުބާރާތަކަށް ފަރިތަކުރުންވެސް ކުރިއަށް ގެންދެވިފައި ނުވާކަމަށެވެ. އެހެން ނަމަވެސް މިހާރު ރާޅުގަނޑު ސަރަހައްދު އަލުން ހުޅުވާލާފައިވުމުން ކުރިއަށް އޮތްތާގައި ގިނަ މުބާރާތްތަކެއް ބާއްވަން ރާވާފައިވާކަމަށެވެ. 

އަހުސަން އިތުރަށް ވިދާޅުވީ ރާޅާއެޅުމުގެ ޤައުމީ ޓީމް އެކުލަވާލައި އެ ޓީމުގެ ފަރިތަކުރުންތަައް ރޯދަމަށް ފަހުގައި ފެށުމުގެ މަސައްކަތް ކުރާކަމަށެވެ. އެކަމަށްޓަކައި އޮސްޓްރޭލިއާގެ ކޯޗެއް ގެނެސް މިވަގުތު ރާއްޖޭގައި ތިބި ރާޅާއެޅުމަށް ފަރިތަކޮށްދޭ ކޯޗުންނާއި، ރާޅާއެޅުންތެރިންނަށް ތަމްރީން ޕްރޮގުރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް