ކ. މާލެ
|
24 އޭޕްރިލް 2019 | ބުދަ 12:41
ސާރާ އަލީ ޚާން އާއި ވަރުން ދަވަން
ސާރާ އަލީ ޚާން އާއި ވަރުން ދަވަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކޫލީ ނަމްބަރު 1 ރީމޭކް ގެ ޝޫޓިން އޮގަސްޓްގައި ފަށަނީ
މި ފިލްމްގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާން ކޮށްފައި މިވަނީ ވަރުން ދަވަން ގެ އުފަން ދުވަހު

ޑޭވިޑް ދަވަން ގެ ފިލްމް "ކޫލީ ނަމްބަރު1" ރީމޭކް ގެ ޝޫޓިންތައް އޮގަސްޓް މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމް އުފައްދާ ފަރާތްތަކުން ބުނެފިއެވެ.

މި ފިލްމްގައި ލީޑް ރޯލުން ފެނިގެންދާނީ މިދިޔަ އަހަރު "ކެދަރްނާތް" އިން ބޮލީވުޑަށް ތަޢާރަފްވި ސާރާ އަލީ ޚާން އާއި ވަރުން ދަވަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމްގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާން ކޮށްފައި މިވަނީ ވަރުން ދަވަން ގެ އުފަން ދުވަހު އެވެ.

1995 ވަނަ އަހަރު ރިލީޒް ކުރި ކޮމެޑީ ފިލްމް "ކޫލީ ނަމްބަރު1" ގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރެވެ.

މި ފިލްމަކީ "ޖުޅުވާ2" އަށް ފަހު ވަރުން އޭނާ ގެ ބައްޕަ ޑޭވިޑް ދަވަން އާއި އެކު މަސައްކަތް ކުރާ ފިލްމެވެ.

ވަރުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިމަހުގެ 17 ގައި ރިލީޒް ކުރި ފިލްމް "ކަލަންކް" އިންނެވެ. އަދި ސާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މި ދިޔަ އަހަރު ރިލީޒް ކާމިޔާބު ފިލްމް "ސިމްބާ" އިންނެވެ.

- ކޮމެންޓް