ކ. މާލެ
|
24 އޭޕްރިލް 2019 | ބުދަ 12:28
މަރުވި މީހުންގެ އަދަދު ބުދަދުވަހާ ހަމައަށްވަނީ 359 އަށް އަރާފައި
މަރުވި މީހުންގެ އަދަދު ބުދަދުވަހާ ހަމައަށްވަނީ 359 އަށް އަރާފައި
އައިޓީވީ ނިއުސް
ލަންކާގެ ބޮމުގެ ހަމަލާތައް
ލަންކާގެ ބޮމުގެ ހަމަލާތައް: 45 ކުޑަކުދިން މަރުވި ކަމަށް ޔުނިސެފުން ބުނެފި
އެއް ވަޅެއްގައި ގިނަ ބަޔަކު ވަޅުލަމުންދޭ

ސްރީ ލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި ކުޑަކުދިންގެ އަދަދު 45 އަށް އަރާކަށް އދގެ ކުޑަކުދިންނާ ބެހޭ އިދާރާ ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުން ބުނެފައިވާ ގޮތުގައި ހަމަލާގައި އެެހެން ގައުުމުތަކަށް ނިސްބަތްވާ އެތައް ކުދިންނެއް ވެސް މަރުވެފައިވެއެވެ. މީގެ އިތުރުން މި ހަމަލާގެ ސަބަބުން އެތައް ކުދިންނެއް ޔަތީމުވެގެން ގޮސްފައިވެއެވެ.

މަރުވި އަދި ޒަޚަމްވި ކުދިންގެ އަދަދުތައް

 ކަޓުވަޕިޓިޔާ ޗަރޗް، ނިގަމްބޯ - 27 މަރު 10 ކުދިން ޒަޚަމްވި

ޒިއޮން ޗަރޗް، ބަޓިކަލޯ-13 މަރު 

މަރުވި ކުދިންގެ ތެރޭގައި ބޭރު ގައުމުތަކަަށް ނިސްބަތްވާ 5 ކުއްޖަކު ހިމެނެއެވެ.

ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 359 އަށް އަރާފައިވާ ކަމަށް ލަންކާގެ ނިއުސްފަަސްޓްގައި ރިޕޯޓް ކޮށްފައި ވެއެވެ.

މީގެ އިތުރުން މިހާތަނަށް ހައްޔަރު ކުރި މީހުންގެ އަދަދު 40 އަށް ވަނީ އަަރާފަައެވެ.

 

 

- ކޮމެންޓް